ގައުމެއްގެ ހަމަޖެހުމަށް އޮތް އެންމެ މުހިއްމު ކަމަކީ ހައްގުތައް ހިމާޔަތްކުރުން: ގާސިމް

ގައުމެއްގެ ހަމަޖެހުމަށް އޮތް އެންމެ މުހިއްމު ކަމަކީ ކޮންމެ މީހެއްގެ ވެސް ހައްގުތައް ހިމާޔަތްކޮށްދީ ކަށަވަރުކޮށްދިނުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަހާ ގުޅިގެން ގާސިމް ނެރުއްވި ހިތޯބެއްގައި ވިދާޅުވީ ގައުމެއްގައި ދިރިއުޅޭ ރައްޔިތުންނާ މެދު ހަމަހަމަކަމާ އެކު އެއް އުސޫލެއްގެ މަތިން އަމަލުކޮށްފި ނަމަ ގައުމެއްގައި ހަމަޖެހުމާއި އަމާންކަން ދެމި އޮންނާނެ ކަމަށެވެ.

އަދި މިފަދަ ދުވަހެއް ފާހަގަކުރަމުން ދާއިރު ގައުމުގެ ރައްޔިތުންގެ އަމާންކަމާއި ހައްގުތައް ހޯދައިދިނުމަށް ހުރިހާ އެންމެން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ގައުމީ ދުވަސް ފާހަގަކުރަމުންދާ އިރު ގައުމަށް ޓަކައި ޝަހީދުވެ ވަޑައިގެންނެވި ގައުމީ އަބުތޯލުންގެ މަތިވެރި ޒިކުރާ އާކުރަން ޖެހޭ ކަމަށް ގާސިމްގެ ހިތާބުގައި ވަނީ ވިދާޅުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު