ވިޕްލައިންއަކާ ބެހޭ އެއްވެސް އެއްބަސްވުމެއް ނޯންނާނެ: ގާސިމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު އައްޔަން ކުރުމަށާއި އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުއުތަސިމް އަދުނާން އެމަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ޖުމްހޫރީ ޕާޓީން ފްރީ ލައިން ވިޕެއް ނެރުމަށް ޕީޕީއެމް އެކު އެއްވެސް އެއްބަސްވުމެއް ހަދާފައި ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމްގެ ރަސްމީ ޓުވީޓާ އެކައުންޓުން ކުރައްވާފައި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ދެ ފަނޑިޔާރުން ވަކި ކުރުމަށް އޮތް ވޯޓުގައި ޖޭޕީން ފްރީ ލައިން ވިޕެއް ނެރެފައި ވަނީ ސީދާ އެ ޕާޓީގެ ޕީޖީ ގްރޫޕުން މަޝްވަރާ ކުރުމަށް ފަހު ޕީޖީ ގްރޫޕުން ފެންނަ ގޮތަކަށް ކަމަށެވެ.

ގާސިމް އިބްރާހިމް މިހެން ވިދާޅުވެ ޓުވީޓުކޮށްފައިވާ އިރު އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އަބްދުﷲ ސައީދަށް ވޯޓު ދެއްވަން އެއްބަސްވެފައިވާ ގޮތަށް ޖޭޕީގެ މެންބަރުންނަށް ފްރީ ވިޕެއް ނެރެދެއްވާފައި ވާތީ ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަހުމަދު އަދީބު ވަނީ ގާސިމަށް ޝުކުރު އަދާ ކުރައްވައި ޓުވީޓު ކުރައްވާފަ އެވެ.

ޖުމްހޫރީ ޕާޓީން ދެ ވޯޓުގައި ވެސް ފްރީ ލައިން ވިޕެއް ނެރެފައިވީ ނަމަވެސް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި މުއުތަސިމް އަދުނާނު ވަކި ކުުރަން ނެގި ވޯޓުގައި ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަނީ އެ ދެ ބޭފުޅުން ވަކި ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު