ފޭސްބުކްގައި ރިޔާޒު ޕޯސްޓްކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުން ޕާކުކޮށްފައިވާ ސައިކަލެއްގެ މަތީގައި ދެ ޒުވާނަކު ރިޔާޒަށް ހަމަލަދޭން ތައްޔާރުވެގެން ތިބޭތަން ފެނެ އެވެ. އަދި ރިޔާޒު ކާރަށް އަރައި ވަޑައިގަންނަވަނިކޮށް ސައިކަލުގައި ތިބި ދެ ޒުވާނުންގެ ތެރެއިން އެކަކު، ދުއްވާފައި ގޮސް ރިޔާޒު ގަޔަށް ކަޅުތެޔޮ ޕެކެޓެއް ޖަހާތަން ފެނެ އެވެ. އެ ހަމަލާދިން ސަލާމަތްވާން ރިޔާޒު މަސައްކަތް ކުރަނިކޮށް އޭނާގެ ބުރަކަށްޓަށް ކަޅުތެޔޮ ޕެކެޓް އަމާޒުވެ އެވެ.
މާވެޔޮމަގުން ޖުވޭސް ކެފޭ ކައިރީގައި ރިޔާޒަށް އެ ހަމަލާދިން ޒުވާނާ ދުވެ، ފިލާތަން ފެނެ އެވެ. އަދި އެކަކު ސައިކަލަކަށް އަރައިގެން ބާރަށް ދުއްވާފައިދާތަން ވެސް ވީޑިއޯއިން ފެނެ އެވެ.
Post by Abdulla Riyaz.
ޒިޔާޒަށް ހަމަލާދޭ ދެ މީހުންގެ މޫނު އެ ވީޑިއޯއަކުން ސާފުކޮށް ނުފެނެ އެވެ. ރިޔާޒަށް އެ ހަމަލާދިނީ މަޖިލީހަށް ވަޑައިގަންނަވަން ވެގެން އިއްޔެ ހެނދުނު ކާރަށް އަރައިވަޑައިގަންނަވަނިކޮށެވެ.
ރިޔާޒުގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމުން، ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.