ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިމްރާހިމް މުއާޒު އަލީ ވިދާޅުވީ އަބްދުﷲ ސައީދު ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ މީގެ ކުޑައިރުކޮޅެއް ކުރިން ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

އުއްތަމަފަނޑިޔާރު ކަމުގެ ހުވާ އަބްދުﷲ ސައީދު (ވ) ކުރައްވާއިރު، ފަނޑިޔާރު އަލީ ހަމީދު (ކ) ހުވާ ލައިދެއްވަނީ-- ފޮޓޯ/ ރައީސް އޮފީސް
އަބްދުﷲ ސައީދަށް ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދެވެ. އެއަށްފަހު، އުއްތަމަފަނޑިޔާރު ކަމުގެ މަގާމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ޙަވާލު ކުރެއްވުން އޮތެވެ.

އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އަބްދުﷲ ސައީދު ރައީސް ޔާމިންއާ ބައްދަލު ކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް