ގާތުން ކިރު ދިނުން: އުރަމަތީގެ ކެންސަރަށް ފަރުވާއެއް

ގާތުން ކިރުދޭ މައިންނަށް އުރަމަތީ ކެންސަރު ޖެހުމުން ދުރުކޮށްދޭ ކަމުގައި ދިރާސާ އަކުން ދައްކައިފި އެވެ.

ތަހުލީލުކުރާ ފަރާތްތަކުން ބުނާގޮތުގައި ދަރިފުޅަށް އެންމެ މަދުވެގެން ހަ މަސްވަންދެން ގާތުން ކިރު ދޭކަމުގައި ވާނަމަ މަންމަ އަށް ޖެހޭ އެކި ކަހަލަ ކުދި ބަލިތަކުން ވެސް ރައްކާތެރިކޮށްދެ އެވެ.

37،000 އަންހެނުންނާއި އެކީ އިނގިރޭސިވިލާތުގައި ހެދި ދިރާސާ އަކުން އެނގުނު ގޮތުގައި ހަ މަސްވަންދެން ގާތުން ކިރުދޭ މައި މީހާއަށް އުރަމަތީ ކެންސަރު ޖެހުން 10 ޕަސެންޓް ކުޑަކޮށްދެ އެވެ. އަދި 20 ޕަސެންޓް މީހުނަށް އުރަމަތީ ކެންސަރުގެ އެންމެ ގޯސް ވައްތަރު ކަމުގައިވާ ޓްރިޕަލް ނެގަޓިވް އުފެދުމުން ދުރުކޮށްދެ އެވެ.

އެމެރިކާގެ ޔުނިވަރސިޓީއަކުން ހެދި 27 ދިރާސާއަކުން ވެސް އެނގުނު ގޮތުގައި ގާތުން ކިރުދޭ މައިންނަށް އުރަމަތީ ކެންސަރު ޖެހުން 10 ޕަސެންޓް ކުޑަކޮށްދެ އެވެ.

ގާތުން ކިރުދިނުމުން ހަށިގަނޑުގެ ހޯމޯން އޮއިސްޓްރޮޖެން ލެވެލް ދަށްކޮށްދެ އެވެ. އެހެން ކަމުން ކެންސަރު ނައްތާލަ އެވެ. އަދި ބައެއް ސައިންޓިސްޓުން ގަބޫލު ކުރާ ގޮތުގައި ހަށިގަނޑުގައި އުފެދޭ ކިރުން، ކެންސަރަށް ވާރުތަކުރާ ސެލްތައް އުފެދުމުން ދުރުކޮށްދެ އެވެ.

އެމެރިކާގެ ޑޮކްޓަރުން ލަފާ ދޭ ގޮތުގައި ގާތުން ކިރުދިނުމުގެ މުހިއްމުކަމުގެ މައްޗަށް އަންހެނުން ހޭލުންތެރިކުރުވުމަކީ ކޮންމެހެން ވެސް މުހިއްމު ކަމެކެވެ. އެމެރިކާގައި ގާތުން ކިރުދެނީ 82 ޕަސެންޓް އަންހެނުންނެވެ. އޭގެން 55 ޕަސެންޓް އަންހެނުން ހަ ހަފްތާ އަށް ކިރުދޭއިރު އޭގެ ތެރެއިން ވެސް ކޮންމެ 100 އަކުން އެއް ބޭބީ ފިޔަވައި ދެންތިބޭ ތުއްތު ކުދީންނަށް ގާތުން ކިރު ދިނުމާ އެކީ ފޯމިއުލަރ ކިރު ދެއެވެ.

ބްރިޓަން ގައި ގާތުން ކިރު ދެނީ އެންމެ 23 ޕަސެންޓް މައިންނެވެ. އެ ގައުމުގައި ގިނަ ކުދީންނަށް ދެނީ ފޯމިއުލަރ ކިރެވެ. ނަމަވެސް ވޯލްޑް ހެލްތް އޯގަނައިޒޭޝަނުން އިރުޝާދު ދީފައިވާ ގޮތުގައި އެއްވެސް ކަހަލަ ފޯރމިއުލަރ ކިރެއް ހަ މަސްވަންދެން ނުދީ ކުޑަ ދަރިފުޅަށް އެންމެ ރަނގަޅީ ހަމައެކަނި މައިމީހާގެ ގާތުންދޭ ކިރެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު