ގެމަނަފުށީގައި ކަރަންޓް ކެނޑެމުންދާތާ ދެ ދުވަސްވެއްޖެ

ގއ. ގެމަނަފުށީގެ އިންޖީނުގޭގައި ބޭނުން ކުރަމުން އަންނަ އިންޖީނުތައް ހަލާކުވެ، އެ ރަށުން ކަރަންޓް ކަނޑަމުންދާތާ ދެ ދުވަސް ވެއްޖެ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާން މިއަދު ވިދާޅުވީ އިއްޔެ ހެނދުނު 9:30ގައި އެ ރަށުން ކަރަންޓް ކެނޑުނު ގޮތަށް ކަރަންޓް ލިބުނީ މެންދުރު ފަހު 14:00ގެ ފަހުން ކަމަށާއި އަދި މިއަދު ހެނދުުނު 8:30 އެހާކަންހާއިރު ކަރަންޓް ދިޔަ ގޮތަށް ކަރަންޓް ނުލިބޭ ކަމަށެވެ. އަދި ކަރަންޓް ނެތުމުން ރައްޔިތުންނަށް ވަރަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކަރަންޓް ކެނޑިފައި އިއްޔެ ހުރި ހަތަރު ގަޑިއިރު، މިއަދު މެންދުރު 12 ޖެހިއިރު ކަރަންޓް ލިބިފައި އަނެއްކާ ވެސް ކަރަންޓް ކެނޑުނީ، ސަރުކާރުން މިރަށަށް ފަހުން ފޮނުވި އިންޖީނުގައި މައްސަލަތަކެއް ހުރެގެން އޭތި ގެނައި ފަހުން ބޭނުމެއް ނުކުރެވޭ އަދި، އެ މައްސަލަ މިއަދު ހައްލުކޮށް ކަރަންޓް ލިބޭ ވަރު ވާނެ ކަމަށް ފެނަކައިން ބުނީ،"ޝިޔާން ވިދާޅުވި އެވެ.

"އާ އިންޖީނުގެ ޕެނަލް ބޯޑަކާ އިންޖީނަކާ ދިމައެއް ނުވޭ، އެ މައްސަލަ ހައްލު ކުރުމަށް ފަހު އަލުން މުޅި ރަށަށް މިއަދު ކަރަންޓް ދެވޭ ވަރުވާނެ ކަމަށް ވެސް ފެނަކައިން ބުނީ، ޝިޔާން ވިދާޅުވި އެވެ.

ގެމަނަފުށީގެ އިންޖީނު ގޭގައި ކުރިން ބޭނުން ކުރަމުން ގެންދިޔަ ތިން އިންޖީނުގެ ތެރެއިން އެންމެ ބޮޑު އިންޖީނު ހަލާކުވެފައިވަނިކޮށް، ސަރުކާރުން މިދިޔަ މަހު އެރަށް 300 ކިލޯވޮޓްގެ އާ އިންޖީނެއް ފޮނުވި ކަމަށެވެ. ނަމަވެސް އެ އިންޖީނުގެ ޕެނަލް ބޯޑާއި އިންޖީނާ ދިމާނުވެގެން އެ އިންޖީނުގެ ބޭނުމެއް ނުކުރެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު