ވީޕީއަށް ބަދަން ޕެކެޓްގައި ގެނެސްދިނުމުން ކްރޫ ބޯޓުން ބާލައިފި

މިދިޔަ ހުކުރު ދުވަހު "ކޮރެއަން އެއާ"ގެ މަތިންދާބޯޓެއް އެމެެރިކާގެ ޖޭއެފްކޭ އެއާޕޯޓުން ނައްޓާލުމަށް ތައްޔާރު ވަނިކޮށް ހުއްޓުވައި، އެބޯޓުގެ ކެބިން ކްރޫއެއް ބޯޓުން ބާލައިފި އެވެ.

ބީބީސީ އިން އިއްޔެ ބުނި ގޮތުގައި "ކޮރިއަން އެއާ" އެއާލައިންްސްގެ މަތިންދާބޯޓަކުން ކެބިން ކްރޫއެއް ބާލާފައި ވަނީ އެއެއާލައިން ހިންގާ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް، ހެދާ ޗޯއަށް ޕެކެޓެއްގައި ބަދަން ގެނެސްދިނުމުން ކަމަށެވެ.

އެނޫހުގައި ބުނެފައިވާ ގޮތުގައި "ކޮރިއަން އެއާ"ގެ މަތިންދާބޯޓެއްގައި ބިޒްނަސް ކުލާހުގެ ފަސިންޖަރުންނަށް ބަދަން ގެނެސްދޭ އިރު އެބަދަން ހުންނަން ޖެހެނީ ތައްޓަކަށް އަޅާފައި ކަމަށެވެ. ނަމަވެސް ހެދާ ޗޯއަށް އެގޮތައް ހިދުމަތް ނުލިބުމުން މަތިންދާބޯޓު ހުއްޓުވައި، ބޯޓު ނައްޓާލުމުގައި 11 މިނެޓު ލަސްވެފައިވާ ކަމަށް ވެސް ބީބީސީގައި ބުނެފައިވެ އެވެ.

"އެކުންފުނީގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އަށްވީ ނަމަވެސް އެވަގުތު އޭނާ އަކީ އެބޯޓުގައި ދަތުރުކުރާ ފަސިންޖަރެއް، އެހެންވުމުން އޭނައާ ދޭތެރޭ ކަންތައް ކުރެވެން ޖެހޭނޭ އަދި އޭނަ ވެސް ބޯޓުގައި އުޅެންޖެހޭނީ އާންމު ފަސިންޖަރެއްހެން،" ސައުތް ކޮރިއާގެ ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުންޏެވެ.

"ކޮރިއަން އެއާ" އާ ހަވާލާދީ ކޮރިއާގެ ނޫހެއް ކަމަށްވާ ކޮރިއާ ޓައިމްސް އިން ބުނި ގޮތުގައި އެއެއާލައިންގެ މަތިންދާބޯޓުތަކުގައި ދެވޭ ހިދުމަތްތަކުގެ ފެންވަރު ބެލުމަކީ ހެދާޗޯ އަދާކުރާ ވަޒީފާގެ ޒިންމާތަކުގެ ތެރެއިން ޒިންމާއެއް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު