ޔޫރަޕުގައި ފުރަތަމަ ފަހަރަށް މޫދު އަޑީގައި ދާރުލްއާސާރެއް ހައްދަން ނިންމައިފި

ޔޫރަޕުގެ ފުރަތަމަ މޫދު އަޑީގައި ހުންނަ ދާރުލްއާސާރު، ސްޕެއިންއަށް ނިސްބަތްވާ ޖަޒީރާ ރަށްތަކެއް ކަމަށްވާ ކެނެރީ އައިލެންޑްސްގައި އޮންނަ ލަންޒަރޯޓްގައި ހެދުމަށް ނިންމައިފި އެވެ.

ބީބީސީ އިން މިދިޔަ ހުކުރު ދުވަހު ބުނި ގޮތުގައި ޔޫރަޕުގައި ފުރަތަމަ ފަރަހަށް މޫދު އަޑީގައި ހަދާ އެދާރުލްއާސާރުގެ ނަމަކީ "ދަ މިއުސިއޯ އެޓްލާންޓިކޯ ލަންޒަރޯޓް" ކަމަށެވެ. އަދި އެދާރުލްއާސާރުގައި ހިމެނޭނީ މޫދު އަޑީގައި އޮންނަ ވެލިގަނޑުގައި އަތުރާލާފައިވާ ބުދުތަކެއް ކަމަށް ވެސް އެނޫހުގައި ބުނެފައިވެ އެވެ.
"ދަ މިއުސިއޯ އެޓްލާންޓިކޯ ލަންޒަރޯޓް"ގައި ހިމަނަން ހަދާފައިވާ ބުދުތަކެއް---ފޮޓޯ: ބީބީސީ

އެދާރުލްއާސާރުގައި ހިމަނާ ބުދުތައް ހެދުމަށް ލަންޒަރޯޓުގެ ސަރުކާރުން ހަވާލުކޮށްފައިވަނީ މެކްސިކޯގައި އެފަދަ ދާރުލްއާސާރެއް ކުރިން ތައްޔާރުކޮށްފައިވާ ސްކަލްޕްޓާއެއް (ބުދު ހަދާ މީހެއް) ކަމަށްވާ ޖޭސަން ޑިކެއިސް ޓޭލާއާ ކަމަށްވެސް އެނޫހުގައި ބުނެފައިވެ އެވެ.

"އަޅުގަނޑު (އެ ދާރުލްއާސާރު ތައްޔާރުކުރުމަށް) މިސަރަހައްދު ފާސްކުރީ މިތަނުގައި އޮންނަ ރީތި މޫދު އެޓްލާންޓިކް ކަނޑުގެ ގޭޓަކަށްވެފައި ކަނޑުއަޑީގެ ކަންކަން މީހުންނަށް އުނގަންނައިދީ މީހުން ދުނިޔެ ދެކެވާ ލޯބި އިތުރުކުރުމަށް ހިތްވަރު ދިނުމަށް،" "ދަ މިއުސިއޯ އެޓްލާންޓިކޯ ލަންޒަރޯޓް" ހެދުމާއި ހަވާލުވި ޖޭސަން ޑިކެއިސް ޓޭލާ ބުނިކަމަށްވެ އެވެ.

"ދަ މިއުސިއޯ އެޓްލާންޓިކޯ ލަންޒަރޯޓް"ގައި ހުންނާނީ ސިމެންތިން ހަދާފައިވާ ބުދުތަކަކާއި އެހެނިހެން "އާޓްވޯކް" ކަމަށާއި އެއެއްޗެހި ޑިޒައިން ކުރެވިފައިވާނީ ކަނޑުއަޑީގައި ދިރިއުޅޭ މަޚްލޫގުންނަށް ގެއްލުން ނުވާ ގޮތަށް ކަމަށް ވެސް އެނޫހުގައި ބުނެފައިވެ އެވެ. އެދާރުލްއާސާރު ހެދުމަށް ދެ އަހަރު ހޭދަވާއިރު އެމަސައްކަތްތަށް ލަންޒަރޯޓުގެ ސަރުކާރުން 700،000 ޔޫރޯގެ ހަރަދެއް ކުރަން ނިންމާފައިވާ ކަމަށް ވެސް ބީބީސީގައި ބުނެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު