ކެންޑިޑޭޓެއްގެ ނަން ބާތިލް ކުރުމުގެ މައްސަލައިގައި ޝަރީއަތުގައި ދެއްކި ވާހަކަ މީޑިޔާ އަށް ހާމަ ނުކުރުމަށް ސުޕްރީމް ކޯޓުން އަންގައިފި

ކެންޑިޑޭޓެއްގެ ނަން ބާތިލް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގެ އެއްވެސް މައުލޫމާތެއް މީޑިޔާ އަށް ހާމަ ނުކުރުމަށް ސުޕްރީމް ކޯޓުން މިއަދު އަންގައިފި އެވެ.

ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގައި ދެއްކި ވާހަކަތައް ރިޕޯޓް ނުކުރުމަށް އެންގީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރުމަށް ޝަރުތު ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް އިން ރ. އިންނަމާދޫ، ފިނިވާގޭ، އިބްރާހިމް ހަލީމުގެ މައްޗަށް ކުރި ދައުވާގެ މައްސަލައިގަ އެވެ.

އެ މައްސަލަ އަޑުއެހުމަށް ވަތް "ހަވީރު" ގެ ނޫސްވެރިޔާއަށް ސުޕްރީމް ކޯޓުން އެންގި އެންގުމުގައި ބުނެފައި ވަނީ ދައުވާ ލިބޭ ފަރާތް ކަމަށްވާ ހަލީމުގެ އެދުމާ ގުޅިގެން ޝަރީއަތުގައި ދެއްކި ވާހަކަތައް މީޑިޔާ އަށް ހާމަ ނުކުރުމަށް އަންގާ ކަމަށެވެ.

ބެލެވޭ ގޮތުގައި މިއީ މިފަދަ އަމުރެއް ސުޕްރީމް ކޯޓުން ނެރުނު ފުރަތަމަ ފަހަރެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު