ޕީއައިސީ އިން ހުސްވެފައިވާ މެމްބަރު ކަމުގެ ގޮނޑިއަށް އާދަމް ސައީދު

ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) އިން ހުސްވެފައިވާ މެމްބަރު ކަމުގެ ގޮނޑިއަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ދެ ނަންފުޅުގެ ތެރެއިން މާލޭ ދަފްތަރު އާދަމް ސައީދަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ޕީއައިސީއަށް އައްޔަން ކުރުމަށް މަޖިލީހަށް ފޮނުއްވެވި ދެ ނަންފުޅުގެ ތެރެއިން މާލޭ ދަފްތަރު އާދަމް ސައީދަށް މަޖިލީހުގެ ރުހުން ލިބުނީ 62 ވޯޓުންނެވެ. އޭނާއަށް މަޖިލީހުގެ ރުހުން ލިބުމުން ގ. ގޮފި، ފާތިމަތު މިންޙަތުގެ ނަކަމަށް ވޯޓަކަށް ނާހަ އެވެ.'

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕީއައިސީގައި މިހާރު ތިއްބެވީ ފާޠިމަތު ސަރީރާ ޢަލީ އާއި މުހައްމަދު ފަރުހާދާއި އާމިނަތު ރުކްޝާނާ އިބްރާހީމުގެ އިތުރުން ޢަލީ ނަދީމެވެ. ކޮމިޝަންގެ ރައީސަކީ ސަރީރާ އެވެ. ނައިބު ރައީސަކީ މުހައްމަދު ފަރުހާދެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު