އީސީ މެމްބަރު ކަމަށް އަމްޖަދު އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

އިލެކްޝަން ކޮމިޝަން (އީސީ) އިން ހުސްވެފައިވާ މެމްބަރު ކަމަށް ގއ. މާމެންދޫ، އަލިވާގެ، އަމްޖަދު މުސްތަފާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

އީސީ އިން ހުސްވެފައިވާ ދެ މެމްބަރުކަމުގެ ގޮނޑިއަށް އައްޔަން ކުރުމަށް ރައީސް މަޖިލީހަށް ފޮނުއްވެވި ތިން ނަންފުޅަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހީ ކޮމެޓީން މާކްސް ލިބިވަޑައިގެންނެވި ތަރުތީބުންނެވެ. އެންމެ ފުރަތަމަ ވޯޓަށް އެހީ ކޮމެޓީން އެންމެ މަތިން މާކްސް ހޯއްދެވީ އީސީގެ ކުރީގެ ސެކަރެޓަރީ ޖެނަރަލް އާސިމް އަބްދުއް ސައްތާރަށެވެ. މަޖިލީހުގެ އަގުލަބިއްޔަތު ލިބުނީ އޭނާއަށް ރުހުން ނުދިނުމަށެވެ. އީސީގެ މަގާމަށް އޭނާ އައްޔަން ކުރަން ނުފެންނަ ކަމަށް 47 މެމްބަރުން ވޯޓު ދެއްވި އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރަން ފެންނަނަ ކަމަށް ވޯޓު ދެއްވީ 23 މެމްބަރުންނެވެ.

އީސީގެ މެމްބަރު ކަމަށް އަމްޖަދު އައްޔަން ކުރުމަށް ފެނޭތޯ ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 63 މެމްބަރުން އަގުލަބިއްޔަތު އޭނާއަށް ލިބުނެވެ. އަދި އޭނާ އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް އެންމެ މެމްބަރަކު ވޯޓު ދެއްވިއިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވައި ފަސް މެމްބަރުން ތިއްބެވި އެވެ.

ނ. ވެލިދޫ، އާހިޔާ، އައިޝަތު ހަފީޒު ވެސް އީސީގެ މެމްބަރު ކަމަށް އައްޔަން ކުރަން ފާހެއް ނުވެ އެވެ. މަޖިލީހުގެ 47 މެމްބަރުންގެ އަގުލަބިއްޔަތު ލިބުނީ އޭނާއަށް ރުހުން ނުދިނުމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު