ރައީސް ޔާމީނަށް، މައުމޫން މަރުހަބާ އާއި ތަހުނިއްޔާ ކިޔާފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ. އަދި އެ ބައްދަލުކުރެއްވުމުގައި މައުމޫން ވަނީ ޕީޕީއެމްގެ މެމްބަރުންގެ ނަމުގައި ތަހުނިޔާގެ ސިޓީއެއް ރައީސް ޔާމީނަށް އަރުވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައީސް ކަމާ ހަވާލުވެވަޑަގެންތާ އެއް އަހަރު ފުރޭތީ ތަހުނިއްޔާ ދެންނެވުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
ރައީސް އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުވުމުގައި ސަރުކާރު ހިންގާ ޕީޕީއެމްގެ ނައިބް ލީޑަރުން ކަމަށްވާ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ގެ އިތުރުން، ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އުމަރު ޒާހިރާއި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދާއި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ބައިވެރިވެވަޑައިގަތެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރައީސްކަމާ ހަވާލުވެވަޑައިގެންތާ މާދަމާ އެއް އަހަރު ފުރޭއިރު، އެކަން ފާހަގަކުރުމަށް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ހާއްސަ ޖަލްސާއެއް ބާއްވަން ނިންމާފަ އެވެ.