ބޮލީވުޑްގެ ފިލްމީތަރި މަމްތާ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގައި ބޮޑު މަޝްހޫރުކަމެއް ހޯދި ފިލްމީ ތަރި މަމްތާ ކުލްކަރްނީ އާއި އޭނާގެ ފިރިމީހާ ވިކީ ގޮސްވާމީ، ކެންޔާގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

މަމްތާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "އާޝިގް އާވާރާ"، "ސަބްސޭބަޅާކިލާޑީ"، ބާޒީ" އަދި "ކަރަން އަރްޖުން" ފަދަ ފިލްމުތައް ހިމެނެއެވެ. މަމްތާ ކުލްކަރްނީގެ ފިރިމީހާ ވަނީ މީގެ ކުރިން ވެސް މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ މައްސަލައެއްގައި ދުބާއީގައި ޖަލަށް ލައިފައެވެ.

މަމްތާ ކުލްކަރްނީ މިހާރު ހައްޔަރުކޮށްފައިވާ މައްސަލައިގައި ބައިވެރިވާ ކަމަށް އަމިއްލަ އަށް އިއުތިރާފުވެއްޖެ ނަމަ އިންޑިއާ އަށް ޑީޕޯޓް ކުރާނެއެވެ. ކުރިން ވެސް ޖަލަށް ލައިފައިވާ އޭނާގެ ފިރިމީހާގެ މައްޗަށް މިކަން ސާވިތުވެއްޖެ ނަމަ އޭނާ އެމެރިކާ އަށް ޑީޕޯޓް ކުރާނެ އެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު