އިމާރާތް ކުރުމުގެ ބިލަށް ގާސިމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "އިމާރާތް ކުރުމުގެ ބިލް" އަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީ މިއަދު ރައްޔިތުްންގެ މަޖިލީހަށް ހުށަހެޅުއްވި އިމާރާތް ކުރުމުގެ ބިލްގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އެ ބިލަކީ ވަކި ބަޔަކަށް ފައިދާތަކެއް ލިބޭ ގޮތަށް "ވަކިބަ ޔަކު ދުއްވާލުމުގެ" މަގުސަދުގައި ތައްޔާރުކުކޮށްފައިވާ ބިލެއް ކަަމަށެވެ. އަދި އެ ބިލަކީ ރާއްޖޭގެ މާހައުލަށް ފެތޭ ގޮތަށް ތައްޔާރުކޮށްފައިވާ ބިލެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.

"ރާއްޖޭގައި ބިލްޑިން ކޯޑެއް ނުވަތަ އިމާރާތް ކުރުމާ ބެހޭ ގާނޫނެއް އޮތުމަކީ އަޅުގަނޑު ވެސް ތާއިދުކުރާ ކަމެއް. އެހެން ނަމަވެސް މި ބިލްގައި ބަޔާންވެފައިވާ ގޮތުން މި ގާނޫނަކަށް ވެއްޖީއްޔާ ވަރަށް ބޮޑު އުނދަގުލާއި ތަކުލީފު ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ކޮންޓްރަކްޝަން ކުންފުނިތައް ކުރިމަތިލާން ޖެހޭނެ. ބިލް އެކުލަވާލެވިފައިވާ ގޮތުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ކޮންޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކަށް އެއްވެސް ފުރުސަތެއް ނެތް. މީ ހަމަ ބަޔަކު ދުއްވާލުން ކަހަލަ ކަމެއް. އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ މި މަސައްކަތަކީ ކޮމެޓީ ލެވަލްގައި ކުރެވޭ ވަރަށް ވުރެ މާ ޓަކްނިކަލް މަސައްކަތެކޭ. އަޅުގަނޑު ދަންނަވާނީ މި ބިލް މީ ފާސްކުރަން ހެޔޮވާވަރުގެ ބިލެއް ނޫނޭ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ "ރާއްއްޖޭގެ އެކި ކަންކޮޅުތަކުގައި ރިސޯޓްތަކާއި އެއްޗިހި ހެދިގެންދާ އިރު އެއިން ކޮންމެ ކަމެއްގެ ތެރެއަށް އަތްބާނަމުންދާ ކަަމަށް ވަންޏާ އަޅުގަނޑުމެންނަށް މި ފެންނަނީ ނިކުންނަ ކޮންމެ އޮޑިޓް ރިޕޯޓެއްގައި އެ ސަރުކަރަކުން ހަވާލުވެގެން ހުރި މިނިސްޓްރީއަކުން ބޮޑެތި ސިންގާ އިހުމާލްތަކާއި ކޮރޮޕްޝަން އޭގައި އިންވޯލްވަމުންދާތަން ކަމަށް"ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ މިހާރު އެ ބިލް އެކުލަވަލެވިފައިވާ ގޮތުގެ ސަބަބުން އެއް ތަނަކުން ހުރިހާ ހުއްދައެއް ހޯދަން ޖެހުމަކީ ވަރަށް ބޮޑެތި ތަކުލީފްތަކެއް އުފަލަން ޖެހޭނެ ކަމެއް ކަމަށެވެ. ހާއްސަކޮށް ރަށްރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަަމަށް ގާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތުން ހުރިހާ ކަމެއް އެއް ތަނެއްގެ ތެރެއަށް ދޫކޮށްލުމަކީ ހެޔޮވާވަރުގެ ކަމެއް ނޫން ކަަމަށާއި އެކަމަކީ ކޮރޮޕްޝަނަށް ވަަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ ރާއްޖޭގެ އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދަނީ ހުއްދަތަކެއް ނަގައިގެން ކަމަށާއި އަދި އެކަމުގުއި ވެސް ބޮޑެތި ތަކުލީފްތަކެއް ހުރި ކަަމަށް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ރަށްރަށުގައި އިމާރާތް ކުރުމުގެ ދާއިރާގެ ހުނަރާއި އެކަމުގެ ތަޖުރިބާ ލިބިފައި ތިބި މީހުން ނެތް ކަަމަށް ގާސިމް ވިދާޅުވި އެވެ. އަދި ރަށްރަށުގައި އިމާރާތްކުރާ ކުދި ގޯތިތައް އިމާރާތް ކުރުމަށް ވެސް ބޮޑެތި ހުއްދަތަކެއް ނަގަން ކެޖުމަކީ ކުރެވޭނެ ކަމެއް ނޫން ކަަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގެދޮރުގެ ތަފާތުއެކި މައްސަލަތައް ދިމާވެފައިވާ މީހުން އެބަތިބި ކަމަށެވެ. އެގޮތުން ގުޅީފަޅުން ބިން ގަނެ އެތަނުގައި ގެދޮރު އިމާރާތް ކޮށްފައިވާ މީހުންނަށް ދިމާވެފައިވާ މައްސަލަ ސަރުކާރަށް ހައްލުކޮށްދެވިފައިނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އެހެން ކަމުން ބިލް އަނބުރާ ގެންދަވައި އެފަދަ މައްސަލަތައް އަވަހަށް ހައްލުކުރުމަށް ގާސިމް ސަރުކާރަށް ގޮވާލެއްވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު