ހަޅުތާލުކޮށް ކޮލަމްބޯ އެއާޕޯޓުން ކަރަންޓް ކަނޑާލައިފި

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ބައިނަލް އަގުވާމީ އެއާޕޯޓް (ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް)ގެ މުވައްޒަފުން އެތަނުގައި ހަޅުތާލުކުރުމުގެ ސަބަބުން އެއާޕޯޓްގެ މަސައްކަތް ހުއްޓުމަކަށް އަތުވެއްޖެ އެވެ.

ލަންކާގެ ޑެއިލީ މިރާ ނޫހުން ބުނީ މުސާރަ ބޮޑުކޮށްދިނުން އެދި މުޒާހަރާކުރަމުން ދިޔަ މުވައްޒަފުން އެއާޕޯޓްގެ އިންޖީނުގެއަށް ވަދެ، އެއާޕޯޓުން ކަރަންޓް ކަނޑާލާފައިވާ ކަމަށެވެ. އަދި އެވަގުތު އެއާޕޯޓަށް އައި ހަތަރު މަތިންދާބޯޓަކުން މީހުން ނުފޭބި އެތައް އިރަކު ތިބެން ޖެހުނު ކަމަށް ވެސް އެނޫހުން ބުންޏެވެ. އެނޫހުން ބުނީ ހަތަރު މަތިންދާބޯޓުން މީހުން ނުފޭބި ޖެޓް ބްރިޖްތައް އެބޯޓްތަކާ ގުޅައިނުލެވިގެން ކަމަށެވެ.

ލަންޑަނަށާއި ޝަންހާއީއަށް ދަތުރުކުރަން ހަމަޖެހިފައި އޮތް ސްރީލަންކަން އެއާލައިންގެ މަތިންދާބޯޓްދަތުރު ވެސް ހަޅުތާލާ ހެދީ ވަނީ ލަސް ކޮށްފަ އެވެ.

ހަޅުތާލުކުރި މުވައްޒަފުން ޑިމާންޑްކޮށްފައި ވަނީ އެމީހުންގެ މުސާރައަށް 10،000 ރުފީސްގެ ކުރިއެރުމެއް ދިނުމަށެވެ. ޑެއިލީ މިރާ ނޫހުން ދާދި ދެންމެ ބުނީ ހަޅުތާލު ކުރުން ކުޑަ އިރުކޮޅަކަށް މެދުކަނޑައިލާފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު