ފުލުހުން އެދިގެން މެމްބަރު ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓައިފި

ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ ޕާސްޕޯޓް، ހިފަހައްޓައިފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުގައި އެދުމުން، އެ ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރުކޮށްފަ އެވެ. ނަމަވެސް އޭނާ މިހާރު ހުރީ ރާއްޖެއިން ބޭރުގަ އެވެ.

މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ނާޒިމްގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލައިގެ ތަފްސީލެއް ފުލުހުން މީޑިއާއަކަށް އަދި ހާމައެއް ނުކުރެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތު ކުރާ ޖިނާއީ ކުށުގެ ތަހުގީގު ކުރިއަށްދާ ކަމަށާއި ތަފްސީލު އަދި ހާމަކުރެވެން ނެތް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު