ރޭ މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔައީ މައި އިންޖީނެއް ހުއްޓިގެން: ސްޓެލްކޯ

ރޭ ދަންވަރު މާލޭ ބޮޑު ބަޔަކަން ކަރަންޓު ކެނޑުނީ ސްޓެލްކޯގެ އިންޖީނެއް ހުއްޓިގެން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ރައޫފް މިއަދު ވިދާޅުވީ ރޭ 1:30 އެހާއިރު ސްޓެލްކޯގެ މައި އިންޖީނަކަށް ދިމާވި މަސައްލައިގައި މާލޭގެ ތިންބައި ކުޅަ ދެބައިން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

ރޭ މެންދަމު ސްޓެލްކޯގެ އިންޖީނަށް ދިމާވި އެ މައްސަލަ ގަޑިއެއްހާއިރު ތެރޭގައި ހައްލުކޮށް އަލުން ކަރަންޓު ދީފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ރައޫފު އަދި ވިދާޅު މާލެއަށް މިހާރު ކަރަނޓު ދީފައި އޮތް ނަމަވެސް ހަލާކުވެފައި ހުރި އިންޖީނު މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެ އިންޖީނުގެ ހުއްޓިފައިވީނަމަވެސް އިތުރަށް ވެރިރަށުން ކަރަންޓު ކެނޑި ދާނެކަމުގެ ހާސްކަން މިވަގުތު ނެތް ކަމަށެވެ.

"ކަރަނޓު އިތުރަށް ކެނޑިދާނެ ކަމުގެ ބިރުވެރި ކަމެއް ނެތް. އިތުރު އިންޖީނަކަށް މައްސަލަ ދިމާ ނުވަންޏާ ކަރަންޓެއް ނުކެނޑޭނެ." ރައޫފު ވިދާޅުވި އެވެ.

މާލޭގެ 25،942 ކަސްޓަމަރުންނަށް ކަރަނޓުގެ ހިދުމަތް ފޯރުކޮށްދޭކަމަށް ކުންފުނީގެ ހިދުމަތް ރޭ ކެނޑުމުން ހިދުމަތާބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ސްޓެލްކޯއަށް ގުޅައިގެން ފޯނު ނުނަގާތީ ބައެއް ފަރާތްތަކުން ރޭ ސްޓެލްކޯ ކައިރިއަށް ވެސް ގޮސްފައި ވެއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުވެސް މައި އިންޖީނެއް ފޭލްވެގެނެ މާލޭގެ ބޮޑު ބަޔަކު ވަނީ ކަރަންޓް ގޮސްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު