ގާފަރު އާ އިންޖީނުގެއިން ކަރަންޓް ދޭން ފަށަައިފި

ކ. ގާފަރުގައި އަލަށް އިމާރާތްކުރި އިންޖީނުގެއިން އެރަށުގެ ބައެއް ސަރަހައްދު ތަކަށް މިއަދު ކަރަންޓް ދޭން ފަށައިފި އެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ގާފަރު އިންޖީނުގެ ހިންގުމާ ހަވާލުވެ ހުންނެވި އަހްމަދު ފަޒީލް ވިދާޅުވީ، ސްޓެލްކޯގެ އާ އިމާރާތަށް އެއް ޖަނަރޭޓަރު ބަދަލު ކުރުމަށްފަހު އާ އިމާރާތުން ބައެއް ގެތަކަށް ކަރަންޓް ދޭން ފަށާފައިވާ ކަމަށެވެ. ރަށުގެ ހުރިހާ ގެތަކަށް އާ އިމާރާތުން ކަރަންޓް ދޭން ފެށޭނީ ދެ ޖަނަރޭޓަރު އެ އިމާރާތައް ބަދަލު ކުރެވުން ކަމަށާއި މި ވަގުތު ބާ އިމާރާތުގައި ހުރި ޖަނަރޭޓަރަކުން ވެސް ކަރަންޓް ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

" މިއަދު މި ވަނީ މި ރަށުގައި އަލަށް އެޅި އިންޖީނުގެއިން ކަރަންޓް ދޭން ފަށާފައި. މި ވަގުތު އަދި އެއް ޖަނަރޭޓަރު މި ހިންގަނީ އާ އިމާރާތުގައި. މިރަށަށް ކަރަންޓް ދެމުންދަނީ ދެ ޖަނަރޭޓަރު އެއްފަހަރާ ޖައްސައިގެން ކަމަށްވާތީ ކުރިން ބޭނުން ކުރަމުން ދިޔަ އިމާރާތުގައިވެސް މިއަދު ހުންނާނެ އެއް ޖަނަރޭޓަރު ހިންގާފައި،" ފަޒީލް ވިދާޅުވި އެވެ.

ފަޒީލް ވިދާޅުވީ، ކުރިއަށް އޮތް ތިން ދުވަސްތެރޭގައި އާ އިންޖީނުގެއަށް އެ ޖަނަރޭޓަރުވެސް ބަދަލުކޮށް ރަށުގެ ހުރިހާ ގެތަކަށް އާ އިމާރާތުން ހިދުމަތްދޭން ފަށާނެ ކަމަށެވެ. އަދި ވިދާޅުވީ، ހުރިހާ ޖަނަރޭޓަރެއް އެ އިމާރާތައް ބަދަލުކުރުމަށްފަހު ކަރަންޓް ފީ ބަލައިގަތުމާއި ހެޑް އޮފީސް އާ އިމާރާތައް ބަދަލުކުރާނެ ކަމަށެވެ.

މިހާރު ގާފަރު އިންޖީނުގޭގެ އޮފީހުގެ ގޮތުގައި ބޭނުން ކުރަމުންދަނީ އެރަށުގެ އަމިއްލަ މީހެއްގެ ބިމެއް ކުއްޔައް ނަގައިގެންނެވެ.

ގާފަރު ރައްޔިތުންގެ ނަމުގައި ހިންގަމުންދިޔަ އިންޖީނުގެ ސްޓެލްކޯގެ ދަށަށް ގެންގޮސްފައިވަނީ 2011 ވަނަ އަހަރު އެވެ. އަދި އޭރު ރައްޔިތުންގެ ފައިސާއިން އަޅަމުންދިޔަ އާ އިންޖީނުގެ އިމާރާތް ސްޓެލްކޯއިން ވަނީ ގަނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު