ދަރަވަންދޫގައި ދޮންދަރިފުޅާ އެކު ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ދޮންބައްޕަ ހައްޔަރުކޮށްފި

ބ. ދަރަވަންދޫގައި ދޮންދަރިފުޅާ އެކު އެކި ދުވަސްވަރުމަތިން ބަދުއަހުލާގީ އަމަލް ހިންގި ކަމުގެ ތުހުމަތުގައި ދޮންބައްޕަ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ބ. ދަރަވަންދޫގައި ކުޑަކުއްޖަކާ އެކު ބަދުއަހުލާގީ އަމަލް ހިންގި ކަމުގެ ތުހުމަތުގައި އުމުރުން 38 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަން އިތުރަށް ތަހުގީގު ކުރަމުންދާތީ އެކަމުގެ ތަފްސީލެއް ފުލުހުންގެ އޮފިޝަލް ނުދެއްވި އެވެ.

ދަރަވަންދޫން ސަން އަށް މައުލޫމާތު ދިން މީހަކު ބުނީ އެ ރަށު ސްކޫލްގައި ކިޔަވަމުންދާ ފުރާވަރުގެ އަންހެން ދަރިފުޅާ އެކު ބަދުއަހުލާގީ އަމަލު އެކި ދުވަސްމަތިން ހިންގި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ދޮންބައްޕަ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި އެ މީހާ އެ އަތޮޅު އޭދަފުއްޓަށް ގެންގޮސްފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު