ރެއާލްގެ ދަނޑުގެ ނަން 'އަބޫ ދާބީ ސަންޓިއާގޯ ބެރްނަބެއޫ'އަށް ބަދަލުކުރަނީ

ދުނިޔޭގެ އެންމެ މުއްސަނދި އެއްކުލަބް ކަމަށްވާ ސްޕެއިންގެ ރެއާލް މެޑްރިޑްގެ ސަންޓިއާގޯ ބެރްނަބެއޫގެ ނަން އަބޫދާބީ ސަންޓިއާގޯ ބެރްނަބެއޫގެ ނަމަށް ބައްދަލު ކުރުމުގެ ވާހަކަތަށް ފަށައިފި ކަމަށް ސްޕެއިންގެ ނޫސްތަކުން ބުނެފި އެވެ.

އެންމެ ފަހުގެ ޔޫރަޕުގެ ޗެންޕިއަނުން އެ ކްލަބުގެ ދަނޑުގެ ނަން ވިއްކާލުމަށް ތައްޔާރު ވަމުންދަނީ މިހާތަނަށް ދުނިޔޭގައި ކްލަބެއްގެ ދަނޑުގެ ނަން ބަދަލު ކުރާ އެންމެ ބޮޑުއަގަށް ކަމަށް ވެއެވެ. ސްޕެއިންގައި ނުކުންނަ ދުވަހު ނޫހެއްކަމަށްވާ މާކާގައި ބުނެފައިވާގޮތުން ކުރިޔަށް އޮތް 20 އަހަރަށް ރެއާލްގެ ދަނޑުގެ ނަން ބަދަލު ކުރުމުގެ އަގަކަށް 500 މިލިއަން ޑޮލަރު ނުވަތަ 390 މިލިއަން ޕައުންޑް ހުށަހަޅަން ދެފާރާތުން ވެސް މިހާރު ވަނީ އެއްބަސްވުމަކާ ހަމައަށް އައިސްފައެވެ.

ރެއާލްގެ ދަނޑު ވިއްކާލުމުގެ ވާހަކަ މާކާގައި ލިޔެފައިވަނީ، އަބޫދާބީގެ ޝާހީ އާއިލާގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ އިންޓަނޭޝަނަލް ޕެޓްރޯލިއަމް އިންވެސްޓްމެންޓް ކޮންޕެނީއާ ހަވާލާދީފައެވެ. ދެ ފަރާތުން މި އެއްބަސް ވުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާތާ މަސްތަކެއް ވެފައި ވާކަމަށް ވެސް އެނޫހުން ވަނީ ބުނެފައެވެ.

މި އެއްބަސްވުން އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ މިހާރު ބާއްވަން ތައްޔާރުވަމުން އަންނަ އެ ކްލަބުގެ ޖެނެރަލް އެސަންބްލީގައެވެ. ރެއާލްމެޑްރިޑުގެ ދަނޑު ހުޅުވާފައިވަނީ 1944 ވަނަ އަހަރު ނިއުޗަމާޓިންގެ ނަމުގައެވެ. މި ދަނޑުގައި ވަނީ 1982 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފައިނަލްވެސް ކުޅެފައެވެ.

ހަމައެހެންމެ 85000 މީހުންގެ ޖާގައިގެ މި ދަނޑުގައި ވަނީ ޔޫރަޕިއަން ކަޕްގެ ފައިނަލް މެޗު 1957 ވަނަ އަހަރާއި 1969 ވަނަ އަހަރާއި 1980 ވަނަ އަހަރާއި 2010 ވަނައަހަރުގެ ބާއްވާފައެވެ. އަދި ޔޫރަޕިއަން ޗެންޕިއަންޝިޕްގެ ފައިނަލް 1964 ވަނަ އަހަރު މި ދަނޑުގައި ވަނީ ބާއްވާފައެވެ.

ރެއާލްގެ ދަނޑަށް މިހާރު ދީފައިވާ ނަމަކީ އެ ކްލަބުގެ ކުރީގެ ޗެއާމަން ސެންޓިއާގޯ ބެރްނަބެއޫގެ ނަމަވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު