އިނގިރޭސި ލީގުގައި 39 ކްލަބެއްގެ ކޮޅަށް ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑު އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީއަށް ކުޅެމުންއަންނަ ޗެލްސީގެ ކުރީގެ ތަރި ފްރޭންކް ލަމްޕާޑް ގާއިމް ކޮށްފި އެވެ.
ލަމްޕާޑް މި ރެކޯޑް ގާއިމް ކޮށްފައި ވަނީ މި ހަފްތާގައި ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުރީގެ ކްލަބް ޗެލްސީ ކޮޅަށް ޖެހި ލަނޑާއެކު އެވެ. މިހާރު އުމުރުން 36 ލަމްޕާޑް މި ރެކޯޑް ގާއިމްކޮށްފައި ވަނީ ކުރިން މި ރެކޯޑް އޮތް މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅުނު އެންޑީ ކޯލް ލަނޑު ޖެހި ކްލަބްތަކަށް ވުރެ އެއް ކްލަބް އިތުރުކޮށްގެންނެވެ.
އެންޑީ ކޯލު ވަނީ 38 ކުލަބެއް ކޮޅަށް ލަނޑު ޖަހައިފައެވެ. ލަމްޕާޑް ވަނީ އިނގިރޭސި ލީގުގައި އެނާ، ދެކޮޅަށް ނުކުތް 46 ޓީމެއްގެ ތެރެއިން 39 ޓީމަކާ ދެކޮޅަށް ލަނޑުޖަހައިފައެވެ. އެނާގެ ގިނަ ގޯލްތަށް ފެނިގެން ގޮސްފައިވަނީ އެ ކްލަބެއްގައި 13 އަހަރު ހޭދަކުރި ޗެލްސީ ގައެވެ.
ޗެލްސީއަށް އެންމެ ގިނަލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑާއެކު ލަމްޕާޑް ވަނީ އެ ކްލަބަށް 211 ލަނޑު ޖަހައިދީފައެވެ. ޕްރިމައާ ލީގުގައި ލަމްޕާޑް ޖަހައިފައިވާ ލަނޑުގެ އަދަދު 211 އަށް އަރާއިރު އޭގެތެރެއިން 172 ލަނޑު ކާމިޔާބު ކޮށްފައި ވަނީ މެޗުތަކުގެ ދެވަނަ ހާފްގައެވެ.
ލަމްޕާޑް ވަނީ ޕްރިމިއާ ލީގުގައި މިހާތަނަށް އެންމެ ގިނަލަނޑު ކާމިޔާބުކުރި ތިއަރީ އޮންރީ އާއި ވޭން ރޫނީގެ ފަހަތުން ލަނޑު ލިސްޓުގެ ތިންވަނަ ހޯދައިފައެވެ.
މިދިޔަ ސީޒަނާ ހަމައަށް ލަމްޕާޑް ވަނީ އޭނާގެ ކުރީގެ ކްލަބް ޗެލްސީއަށް 648 މެޗު ކުޅެފައެވެ.