ސްޓްރޫޓްމަން އަކީ ވިއްކާ ކުޅުންތެރިއެއް ނޫން: ރޯމާ

އިޓަލީގެ ރޯމާއަށް ކުޅެމުން އަންނަ ހޮލެންޑް މިޑްފީލްޑަރު ކެވިން ސްޓްރޫޓްމަން އަކީ ވިއްކާ ކުޅުންތެރިެއް ނޫންކަމަށް އެ ކްލަބުން ބުނެފި އެވެ.

ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓްގައި އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑުން ވަނީ ސްޓްރޫޓްމަން ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. އަދި ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގަ އިވެސް ސްޓްރޫޓްމަން ގެނައުމަށް މެންޗެސްޓާއިން ވަނީ މަސައްކަތް ފަށައިފައެވެ.

ސްޓްރޫޓްމަން އަކީ ލުއިސް ވެން ހާލް ހޮލެންޑްގެ ކޯޗަކަށް ހުރިއިރު އެޓީމުގެ ފުރަތަމަ އެގާރައިން ގަވައިދުން ޖާގަހޯދަމުން އައި ކުޅުންތެރިއެކެވެ. ސްޓްރޫޓްމަން މިވަގުތު ހުރީ މާޗުމަހު ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައެވެ.

އަނިޔާގެ ސަަބަބުން ވޯލްޑްކަޕްގައި ވެސް ބައިވެރި ނުވެވުނު ސްޓްރޫޓްމަން އަނިޔާއިން ރަގަޅުވެ ވަރަށް އަވަހަށް ޓީމާ ގުޅޭނެކަމަށް ބެލެވެއެވެ.

ރޯމާގެ ޖެނެރަލް މެނޭޖަރު މައުރޯ ބްލެޑިސަނީ، ސްކައި އިޓާލިޔާއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ކްލަބުން މިހާރު އިންތިޒާރު ކުރަމުން އަންނަނީ ސްޓްރޫޓްމަން އެބުރި ދަނޑަށް އަންނާނެ ވަގުތަކަށް ކަމަށެވެ. އަދި ސްޓްރޫޓްމަން އަކީ މިހާރުވެސް ކްލަބްގެ ސްކޮޑްގައި ހިމެނޭ ކުޅުންތެރިއެއް ކަމަށާއި އެއީ ވިއްކާ ކުޅުންތެރިޔެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެންޗެސްޓާގެ ކޯޗު ވެން ހާލް ބުނެފައި ވަނީ ސްޓްރޫޓްމަން އާއެކު ރޮބެން އަކީވެސް ކްލަބަށް އެނާ ގެންނަ ބޭނުންވާ ކުޅުންތެރިއެއް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު