ހަވީރު ސްޕޯޓްސް އެވޯޑް މިމަހުގެ 28 ގައި

ހަވީރު ސްޕޯޓްސް އެވޯޑް މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަވީރުން ހަމަޖައްސައިފި އެވެ.

ހަވީރުން ހިއްސާ ކުރި ބަޔާނެއްގައި ބުނެފައި ވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބާއްވާ އެވޯޑްސް ހަފުލާގައި އަލަށް ހޮވާ 13 މަގާމަކާއެކު ފައިސާގެ އިނާމުވެސް ހިމެނޭ ގޮތަށް 23 އެވޯޑެއް ރާއްޖޭގެ އެކި ދާއިރާތަކުގެ ކުޅިވަރުގެ ހުނަރުވެރިންނަށް ދޭނެ ކަމަށެވެ.

އަދި ބުނެފައި ވަނީ ހަވީރު ސްޕޯޓްސް އެވޯޑްގެ 17 އަހަރުގެ ތާރީހުގައި މިއަހަރަކީ އެންމެ ކުލަ ގަދަ އެވޯޑް ނައިޓަށް ހެދުމަށް ހަވީރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ފުޓްބޯޅަ އާއި ވޮލީ އަދި ބާސްކެޓުން މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިން މިހާރު ވެސް ހަވީރުން ވަނީ އިއުލާންކޮށްފަ އެވެ. މީގެ ތެރޭގައި މި ތިން ކުޅިވަރުން އަލަށް ހޮވާ ޒުވާން ކުޅުންތެރިޔާގެ މަގާމު ވެސް ހިމެނެ އެވެ. އަދި ހަވީރުގެ ހާއްސަ އެވޯޑް މިއަހަރު ވެސް މި ރަސްމިއްޔާތުގެ ދޭނެ އެވެ.

ހަވީރު ސްޕޯޓްސް އެވޯޑަކީ ރާއްޖޭގައި ކުޅިވަރުގެ ރޮނގުން ބާއްވާ އެންމެ ބޮޑު އެވޯޑް އީދެވެ. އަދި މިއަހަރަކީ ހަވީރު ސްޕޯޓްސް އެވޯޑްގެ ތާރީހުގައި އެންމެ ގިނަ އެވޯޑް ދޭ އަހަރުވެސް މެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު