އާ މަޖިލީހުގެ ހާޒިރީގެ ފުލަށް އަބްދުﷲ ޝާހިދު

އަށާރަ ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރުގައި އެންމެ މަދުން ޖަލްސާތަކަށް ވަޑައިގެންނެވި މެމްބަރަކަށް މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވެވަޑައިގެންފި އެވެ.

މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާ ހާޒިރީ ރިޕޯޓުން ދައްކާ ގޮތުން، މަޖިލީހުގެ ޖަލްސާ ބޭއްވި 30 ދުވަހުގެ ތެރެއިން ޝާހިދު ވަޑައިގެންނެވީ 13 ޖަލްސާއަކަށެވެ. ނިމިދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޝާހިދު ވަނީ ނިމިދިޔަ ދައުރުގައި ޖަލްސާ ބޭއްވި 12 ދުވަހަކު މަޖިލީހަށް ސަލާމް ދަންނަވާފަ އެވެ. އަދި ފަސް ދުވަހުގެ ޗުއްޓީއެއް ނިމިދިޔަ ދައުރުގައި ޝާހިދު ނަންގަވާފައިވެ އެވެ.

ހާޒިރީ ރިޕޯޓުން ދައްކާ ގޮތުން މިހާތަނަށް އާ މަޖިލީހުން ބޭއްވި 30 ޖަލްސާއަށް ހާޒިރުވެވަޑައިގެންފައި ވަނީ 32 މެމްބަރެކެވެ. އަދި އެއްވެސް އެއްޗެއް ވިދާޅުނުވެ، މަޖިލީހުގެ ބައެއް ޖަލްސާތަކަށް ވަޑައިނުގަންނަވާ 21 މެމްބަރަކު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި ހިމެނެ އެވެ.

މިއަހަރުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވީ ޖޫން 2، 2014 ގަ އެވެ. ދައުރު ނިންމާލީ މި މަހުގެ 28 ގަ އެވެ. އެއް މަސް ދުވަހުގެ ޗުއްޓީއަކަށްފަހު މަޖިލިސް ދެން ހުޅުވާނީ އަންނަ އޮކްޓޯބަރު މަހު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު