ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް މަރިޔަމް މުނާ މިއަދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މުނާ އަށް ހުވައި ލައްވައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބުދުﷲ އަރީފް އެވެ.

ޓްރައިބިއުނަލްގެ މެމްބަރު ކަމަށް މުނާ މިއަދު އައްޔަން ކޮށްފައިވާ އިރު، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭ ވަނީ ހަތަރު ބޭފުޅަކު ޓްރައިބިއުނަލް އަށް އައްޔަން ކޮށްފަ އެވެ.

އެ ހަތަރު ބޭފުޅުންނަކީ މ. ދިއްގަރު އަނީސާ މަންޒިލް އިދުރީސް އިސްމާއީލާއި ނ. ވެލިދޫ ބޯށިމާގޭ އަބްދުﷲ އަލީ އާއި ހެންވޭރު އެލިއަތުވިލާ މަރްޔަމް ޝަމްމާ އިބްރާހީމާއި ބ. ދަރަވަންދޫ ނަސްފަރު އަރީފް އަހްމަދު ނަސީރު ކަމަށެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމުގެ މަގާމުގައި މިހާރު ހުރީ އިދުރީސް އިސްމާއީލެވެ. ނައިބު ރައީސް ކަމަށް އައްޔަނު ކުރެއްވީ އަބްދުﷲ އަލީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު