ގައުމީ ހޭންޑްބޯލް މުބާރާތް:
ތަފާތު ބޮޑުކޮށް ޔޫތު ސްޕޯޓްސް ކްލަބް މޮޅުވެއްޖެ

ބީއެމްއެލް ދެވަނަ ގައުމީ ހޭންޑްބޯލް މުބާރާތުގެ އަންހެން ޑިވިޝަންގައި ރޭ ކުޅުނު ފޯރިގަދަ މެޗު ތަފާތު ބޮޑު ނަތީޖާއަކުން ޔޫތް ސްޕޯޓްސް ކުލަބުން މެޗް ކާމިޔާބު ކޮށްފި އެވެ.

ހެންވޭރު ޕީކޭ ދަނޑުގައި ޔޫތު ސްޕޯޓްސް ކުލަބުން ކާމިޔާބު ކުރީ ސްޕޯޓްސް ކްލަބު ރިވަލްސާއާ ވާދަކޮށް 24-1 ލަނޑުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޝިޒްނާ ރަޝީދެވެ.

މުބާރަތުގެ އަންހެން ޑިވިޝަންގައި މިރޭ 9:30ގައި ބައްދަލުކުރާ ދެ ޓީމަކީ ޔޫތު ސްޕޯޓްސް ކްލަބާއި ރައިސަސް ސްޕޯޓްސް ކްލަބެވެ.

މި މުބާރާތް ކުރިއަށް ދަނީ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެއީ އަންހެން އަދި ފިރިހެން ޑިވިޝަން އެވެ. ކޮންމެ ޑިވިޝަނެއްގައި ހިމެނޭ ކޮންމެ ޓީމެއް ދެ މެޗު ކުޅޭނެ އެވެ. މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ފައިނަލް މެޗް އޮންނާނީ މި މަހުގެ 22 ވަނަ ދުވަހު އެވެ.

ހަތް ދުވަހުގެ މުއްދަތައް ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ މެޗުތައް ކުޅޭނީ އޭޝިއަން ގޭމްސްގައި ބޭނުންކުރާ ބޯޅައިންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު