އިންޑިއާ ވެޓަރަންސް ކަޕްގެ ފައިނަލް މެޗުން ރާއްޖެ ބަލިވެއްޖެ

އިންޑިއާގެ ޔުނައިޓެޑް ވެޓަރަންސް ސްޕޯޓްސް އިން އިންތިޒާމް ކޮށްގެން، އެ ގައުމުގެ ޗެންނާއީ ސިޓީގައި ބޭއްވި ބައިނަލް އަގްވާމީ ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުން ރާއްޖޭގެ ސޮކާ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑްިވްސްގެ ޓީމް ބިލިވެއްޖެ އެވެ.

ފައިނަލްގައި މިއަދު ހަވީރު އިންޑިއާ އާއި ދެކޮޅަށް ކުޅެ ރާއްޖެ ބަލިވީ 1-0 ލަނޑުންނެވެ.

ޖުމްލަ ހަ ގައުމު ވާދަކުރާ މުބާރާތުގެ ފައިނަލުން ރާއްޖޭގެ ޓީމް ޖާގަ ހޯދީ އިއްޔެ ހަވީރު ސިންގަޕޫރު އަތުން 1-0 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ. އެ މެޗުގައި މެޗުގައި ރާއްޖޭގެ ޓީމަށް ލަނޑު ޖަހައިދިން ހަމައެކަނި ކުޅުންތެރިޔާއަކީ އަބްދުﷲ ވަހީދު (ބިންމާ) އެވެ.

ރާއްޖެއާއެކު މުބާރާތުގައި ވާދަކުރި ހަ ގައުމަކީ އިންޑިއާ އާއި އިންޑޮނޭޝިޔާ އާއި ބުރުނާއީ އާއި ސިންގަޕޫރު އަދި މެލޭޝިޔާ އެވެ.

ރާއްޖޭގެ ޓީމުގައި ހިމެނެނީ ނިމިދިޔަ ރޯދަ މަހުގެ ތެރޭގައި ކުރިއަށް ދިޔަ ވެޓެރަންސް ކަޕްގައި ފާހަގަކުރެވުނު 16 ކުޅުންތެރިއަކާއި ހަތަރު އޮފިޝަލުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު