18 ނުވާ ކުއްޖަކު ބަލިވެ އިން މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އުމުރުން 18 ނުވާ ކުއްޖަކު ބަލިވެ އިން މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށް، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ މި މަހުގެ ހަތަރު ވަނަ ދުވަހު ފުލުހުންނަށް އެފަދަ މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެެވެ.

ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައާ ގުޅިގެން މި މަހުގެ ފަސް ވަނަ ދުވަހު ވަނީ އުމުރުން 26 އަހަރުގެ މީހަކު ހައްޔަރު ކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.

ނަހަލާލަށް ބަލިވެ އިނދެގެން ފުލުހުން ތަހުގީގު ކުރަމުން އަންނަނީ ލ. އަތޮޅުގެ ކުއްޖެއްގެ މައްސަލަކަން ވެސް ސަން އަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި އުމުރުން 14 އަހަރުގެ އެ އަންހެން ކުއްޖާ ވަނީ މި ރޯދަ މަސް ފެށުނީންސުރެ ސުކޫލަށް ދިއުން ހުއްޓާލާފަ އެވެ.

ސަން އަށް މައުލޫމާތު ދިން މީހަކު ބުނީ އެ ކުއްޖާ ބަލިވެ އިނދެފައި ވަނީ ޖިންސީ ގޯނާކޮށްގެން ކަމަށް ވެސް ރަށުތެރޭގައި އަޑުފެތުރިފައިވާ ކަމަށެވެ.

ކުޑަ އަންހެން ކުއްޖާ މިހާރު ހުރީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު