ހޯމް މިނިސްޓަރުގެ ބާރުތައް ރައީސް ހަންޏެއް ނުކުރައްވާ: ރައީސް އޮފީސް

ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ބާރުތައް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހަނި ކުރައްވާފައި ނުވާ ކަމަށް ރައީސް އޮފީހުން މިރޭ ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، މިނިސްޓަރަކު މަގާމާ ހަވާލު ކުރެއްވިއިރު، ދެއްވާފައިވާ "އެއްވެސް ބާރުތަކެއް ރައީސް ހަނި ކުރައްވާފައި ނުވާ" ކަމަށެވެ.

ބައެއް މީޑިއާތަކުގައި މިރޭ ރިޕޯޓް ކޮށްފައި ވަނީ އުމަރުގެ ބާރުތައް ރައީސް ޔާމީން ހަނި ކުރައްވާފައިވާ ކަމަށާއި ހަނި ކުރެއްވީ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ މައްސަލައެއް ބެލުމަށް ފުލުހުންނަށް އަމުރު ކުރެއްވުމުން ކަމަށެވެ.

މިނިސްޓަރު އުމަރު ފޯނު ނުނަންގަވާތީ އެބޭފުޅާގެ ކޮމެންޓެއް މި ލިޔުމަށް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. ހޯމް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ ޕޮލިސީ ލެވެލްގައި ކަންކަމުގައި ކޮމެންޓް ކުރެއްވެން ނެތް ކަމަށެވެ.

ފުލުހުންގެ މީޑިއާ އިންފޮމޭޝަން އޮފިސަރު ހަސަން ހަނީފް މިރޭ ވިދާޅުވީ މިނިސްޓަރު އަދީބުގެ އެއްވެސް މައްސަލައެއް އެ އިދާރާއިން ބަލަމުން ނުދާ ކަމަށެވެ.

"އެއްވެސް ފަރާތަކުން އަމުރުކޮށްގެން އަޅުގަނޑުމެން މިނިސްޓަރު އަދީބުގެ އެއްވެސް މައްސަލައެއް ބަލަމުން ނުދޭ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު