މުސާރަ ނުދޭތީ "ފްލައިމީ"ގެ ބައެއް ކެބިން ކްރޫއިން ހަޅުތާލު ކުރަނީ

ވާޒީފާގެ އެއްބަސްވުމާ އެއްގޮތަށް ކޮންމެ މަހެއްގެ ވެސް 10 ގެ ކުރިން މުސާރަ ނުދޭތީވެ ފްލައި މީގެ ކެބިން ކްރޫ އިންތަކެއް ވަޒީފާއަށް ނުކުތުން ހުއްޓާލައިފި އެވެ.

ނޫހުގައި ނަން ނުޖެހުމަށް އެދި ފްލައި މީގެ ކެބިން ކްރޫއަކު ބުނީ ވަޒީފާގެ އެއްބަސްވުމުގައި އޮންނަ ގޮތުން މުސާރަ ދޭންޖެހެނީ ކޮންމެ މަހެއްގައި ވެސް 10 ގެ ކުރިން ކަމަށެވެ. ނަމަވެސް ވަރަށް ގިނަ ފަހަރު މުސާރަ ލިބެނީ 10 އަކަށް ވުރެ ލަހުން ކަމަށް އޭނާ ބުންޏެވެ.

"... އެެހެންވީމަ ބައެއް ކެބިން ކްރޫއިން ވަޒީފާއަށް ނުކުތުން ހުއްޓާލައިފި މިހާރު. ބައެއް ފްލައިޓްތަކަކީ ވަކި އަދަދަކަށް ކެބިން ކްރޫ އިން ތިބެންޖެހޭ ފްލައިޓް. އެހެންވެ އޭވިއޭޝަނުން ހާއްސަ ހުއްދައެއް ނަގައިގެން އެ ފްލައިޓްތައް އެ އޮޕްރޭޓް ކުރަނީ،" އޭނާ ބުންޏެވެ.

ނޫހާ ވާހަކަ ދެއްކި ކެބިން ކްރޫ ބުނީ މިހާރު ވެސް ބައެއް ފްލައިޓްތައް ކެންސަލް ކުރަން ފަށައިފި ކަމަށާއި މިރޭ ނޫނީ މާދަމާ ގިނަ ފްލައިޓްތަކެއް ކެންސަލް ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެކަމާ ގުޅިގެން ފްލައި މީގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސް މުހައްމަދު މުޖާއަށް 'ސަން'އިން ގުޅާލުމުން ވިދާޅުވީ މިހާރު "އެކަން ބަލަނީ" ކަމަށާއި އެ މައްސަލައިގައި އެއްޗެއް ވިދާޅުވެވޭނީ ފަހުން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު