ކްލައިމެޓް ކޮންޓްރޯލްކުރެވޭ ސިޓީއެއް ޑުބާއީގައި ބިނާކުރަނީ

މާހައުލުގެ ފިނިހޫނުމިން ކޮންޓްރޯލްކުރެވޭ ސިޓީއެއްގެ ރޭވުންތައް ޑުބާއީ ސަރުކާރުން ދައްކާލައިފިއެވެ.

“މޯލް އޮފް ދަ ވޯރލްޑް” ގެ ނަންދެވިފައިވާ 4.5 އަކަކިލޯމީޓަރުގެ މި ސިޓީ ބިނާކުރަނީ ޑުބާއީ ކުންފުންޏެއް ކަމަށްވާ ޑުބާއީ ހޯލްޑިންގުންނެވެ. މި ޕްރޮޖެކްޓް އިއުލާނުކުރުމަށް މިދިޔަ ހަފްތާ ބަންދުގައި ބޭއްވުނު ހަފްލާއެއްގައި ޑުބާއީ ސަރުކާރުން ބުނެފައި ވަނީ މި ސިޓީ ވެގެންދާނީ ބޭރުގެ މާހައުލާ މުޅިން ވަކިވެ،“ފިނި ހޫނުމިން ކޮންޓްރޯލް ކުރެވިފައިވާ، ހިނގާފައި އުޅޭގޮތަށް” ތައްޔާރު ކުރެވޭ ސިޓީއަކަށް ކަމަށެވެ.

މި ސިޓީގައި ދުއްވާތަކެތި ނޫޅޭއިރު އާއުމުން ހިނގައިބިނގައިވެ އުޅުމަށް ހަތް ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތައްޔާރު ކުރެވޭނެއެވެ. އާދައިގެ ސިޓީއެއްގައި އުޅޭ ދިރިއުޅުން މި ސިޓީގައި ވެސް އުޅެވޭނެ ކަމަށް ޑުބާއީ ހޯލްޑިންގ އިން ބުނެއެވެ.

މި ސިޓީގައި 100 ލަކްޒަރީ ހޮޓާ ބިނާކުރަން ވަނީ ރާވާފައެވެ. އަދި ބޭސްފަރުވާއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހާއްސަ “ވެލްނަސް ޑިސްޓްރިކްޓް” އެއްގެ އިތުރުން ދުނިޔޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބިޔަ ތީމް ޕާކް ވެސް މި ސިޓީގައި ހިމެނޭނެއެވެ.

http://www.sun.mv/albums/l_29220.jpg

ހޫނު މޫސުމުގައި ޑުބާއީ އަކީ އާދަޔާ ހިލާފަށް ހޫނު ރަށެކެވެ. މެއި މަހުން ޖޫން މަހާ ދެމެދު ޑުބައީގެ ހޫނުމިން އެވަރެޖްގޮތެއްގައި ހުނަނީ 40 ޑިގްރީ ސެލްސިއަސް ގައެވެ. އެހެންކަމުން އެއާކޮންޑިޝަންކޮށްފައިވާ މި ސިޓީ ކުރިއަށް އޮތް ތާންގައި ވެގެންދާނީ ޑުބާއީއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އެންމެ މަގުބޫލު މަންޒިލަށް ކަމަށް ޑުބާއީ ހޯލްޑިގް އިން ދެކެއެވެ.

“ފަތުރުވެރިކަމަކީ އަހަރަމެންގެ އިގުތިސޯދު ކުރިއެރުވުމުގައި އެންމެ މުހިންމު ބައެއް ކުޅޭ އެއް ކަންތައް. އަހަރަމެންގެ އަމާންޒަކީ ޔޫއޭއީ [އެކުވެރި އަރަބި އިމާރާތަކީ] އަހަރުގެ ހުރިހާ ދުވަސް ތަކެއްގައި ޒިޔާރަތް ކުރެވޭ މަންޒިލަކަށް ހެދުން. ހޫނު މަސްތަކުގައި ފިނިހޫނުމިން ކޮންޓްރޯލްކުރެވިފައިވާ ހިތްގައިމު މާހައުލެއް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައި ވަނީ މި ބޭނުމުގައި،”ޑުބާއިގެ ރަސްގެފާނު ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމް މިދިޔަ ހޮނިހިރު ދުވަހު ނެރުއްވި ބަޔާނެއްގައި ވެއެވެ.

މޯލް އޮފް ދަ ވޯރލްޑް މަޝްރޫއު ނިމޭނީ ކޮން އިރަކުން ކަމެއް، އަދި މި މަޝްރޫއަށް ހިނގާ ހަރަދެއް ޑުބާއީ ސަރުކާރުން ހާމައެއް ނުކުރެއެވެ. ނަމަވެސް ޑުބާއީ އަކީ ހިއްކައިގެން ހަދާފައިވާ “ޕާމް އައިލެންޑް” އަދި “ދަ ވޯރލްޑް އައިލެންޑްސް” ފަދަ މަޝްހޫރު ބޮޑެތި މަޝްރޫއުތައް ކާމިޔާބުކަމާ އެކު ފުރިހަމަކޮށްފައިވާ ގައުމެކެވެ.

http://www.sun.mv/albums/l_29221.jpg

ވައި ނުސާފުވުމުގެ ސަބަބުން ޗައިނާގެ ވެރިރަށް ބެއިޖިންގ ފަދަ ބޮޑެތި ސިޓީތަކުގައި ދިރިއުޅޭ މީހުންގެ ސިއްހަތައް ނުރައްކާވާ ހިސާބަށް ގޮސްފައިވާއިރު، ބޭރުގެ ވައިން ނިވާވެފައިވާ، އަމިއްލަ މާހައުލެއް ދެމެހެއްޓޭ ސިޓީއެއްގެ މި ކޮންސެޕްޓް ސާބިތުކޮށްދެވިއްޖެ ނަމަ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް މިފަދަ ސިޓީތައް ބިނާކުރަން ފަށައިފާނެ ކަމަށް މާހިރުން ދަނީ ބުނަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު