އުމަރު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް ނެރުނު އަމުރު އިސްތިއުނާފަށް ހުށަހަޅައިފި

ހޯމް މިނިސްޓަރު އުމަރު ނަސީރު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ނެރުނު އަމަރު އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މިދިޔަ ހަފްތާގެ ބުދަ ދުވަހު އުމަރު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް ނެރުނު އަމުރު އިސްތިއުނާފަށް ހުށަހަޅާފައި ވަނީ މިއަދު އެވެ.

އުމަރުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ، އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާ އެވެ. އެ ދައުވާ އުފުލާފައި ވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމާ ދެކޮޅަށް 2012 ވަނަ އަހަރުގެ ކުރީކޮޅު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި ވާހަކަ ދައްކަވަމުން، 50 ހަރުގަނޑު ބޭނުން ކޮށްގެން ސިފައިންގެ މައި މަރުކަޒު ތެރެއަށް ވަންނާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައި ވާތީ އެވެ.

އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން އެންމެ ފަހުން ބާއްވަން އުޅުނު ދެ އަޑުއެހުން ވެސް ކެންސަލް ކޮށްފައި ވަނީ، އުމަރު ރާއްޖޭން ބޭރުގައި ހުންނެވުމުންނެވެ. އަދި ހޯމް މިނިސްޓްރީން ވަނީ، އުމަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވާތީ، މި މަހުގެ 16ގެ ކުރިން ކޯޓަށް ހާޒިރު ވެވަޑައިގެންނެވެން ނެތްކަމަށް އަންގައި ކްރިމިނަލް ކޯޓަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު