ގައުމުގެ ތަރައްގީއަށް ފުރަތަމަ ކުރަން އޮތް ކަމަކީ ނިކަމެތިންނަށް އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުން: ރައީސް

ގައުމުގެ ތަރައްގީއަށް އެންމެ ފުރަތަމަ ކުރާން އޮތް ކަމަކީ، ނިކަމެތީންނަށް އިޖްތިމާއީ ރައްކާތެރިކަމެއް ހޯދައިދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، މުލަކަތޮޅު ރަތްމަންދުއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި، މަދަނައިގެ ވިއުގަ ތަރައްގީވެގެން  އައީ، އެ ވިސްނުމުގެ ތެރެއިން ކަމަށް އިޝާރާތްކުރައްވާ ވިދާޅުވީ ރަތްމަންދޫގެ 29 ރައްޔިތަކު މަދަނައިގައި ރަޖިސްޓްރީވެފައިވުން އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ. އަދި އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ދަށުން ސަރުކާރުންދޭ 2000ރ. އިނާޔަތް، އުމުރުން 65 އަހަރުން މަތީ ރަތްމަންދޫގެ 59 މީހަކަށް ލިބެމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން، ރާއްޖޭގެ ތަޢްލީމީ ފެންވަރު ރަނގަޅު ކުރުމަކީ ސަރުކާރުން  ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ބަހައްޓަވާ ކަމެއް ކަމުގައި ވިދާޅުވެ،  މިކަމަށް ކުރެވިފައިވާ ބައެއް ހޭދަތަކުގެ މައްޗަށް ވެސް ރައީސް  ބައްލަވައިލެއްވި އެވެ. އެގޮތުން، ރަތްމަންދޫގައި ކިޔަވާ ދަރިވަރުންނަށް ފޮތް ފަންސޫރު ހޯދައިދިނުމަށް 2010 ވަނަ އަހަރު 12845ރ. ހޭދަކުރެވިފައިވާކަމީ، ސަރުކާރަށް ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު