ކަރަންޓް ނަރުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

ކަރަންޓު ވައިރު ކުރާ ނަރުތަކެއް ވަގަން ނެގި މީހަކު ވިލިމާލެއިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު ކަމަށެވެ. ކަރަންޓް ނަރުން ވައްކަންކޮށްގެން ހައްޔަރު ކުރި މީހާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އޭނާ ހައްޔަރު ކުރީ ވިލިމާލޭ ފުލުހުން ރަށުގެ ތެރެ ޕެޓްރޯލް ކުރަމުންދަނިކޮށް، އާންމު ފަރާތަކަށް ދިން މައުލޫމާތަކާ ގުޅިގެން މަގުމަތިން ހިފަހައްޓައި، ބަލައި ފާސްކުރުމުން ވަގަން ނަގާފައިވާ ކަރަންޓު ނަރުތަކެއް ފެނިގެންނެވެ. އެ ނަރުތައް ފެނިފައި ވަނީ އޭނާ ގެންގުޅުނު ގޯންޏެއްގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ވިލިމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުގީގު ކުރަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު