އޭސީސީގެ ލެޕްޓޮޕެއް ވަގަށް ނައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އޮފީހުން ލެޕްޓޮޕެއް ވަގަށް ނަގައިފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ސަން އަށް ވިދާޅުވީ، ހުރަވީ މިލްޑިންގައި ހުންނަ އެ އޮފީހުގެ މީޓިން ރޫމްގައި ބަހައްޓާފައި ހުރި ޑެލް ބްރޭންޑުގެ ލެޕްޓޮޕެއް ވަގަށް ނަގާފައި ވަނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ. އަދި ލެޕްޓޮޕް ވަގަށް ނެގީ، މީޓިން ރޫމް ހުންނަ ފްލޯގައި މެއިންޓަނެސް މަސައްކަތެއް ކުރާތީ އެ ކޮޓަރީގެ ސެކިއުރިޓީ ކޯޑު ނުޖަހާ ހުރި ވަގުތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުއައްވިޒު ވިދާޅުވީ ލެޕްޓޮޕް ވަގަށް ނެގި މީހާ ވީޑިއޯ ކެމެރާއަކަށް އަރާފައިވާ ކަމަށާއި ޕްރެޒެންޓޭޝަން ދައްކަން ބޭނުންކުރާ އެ ލެޕްޓޮޕްގައި އެއްވެސް ޑާޓާއެއް ނުހުންނާނެ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ލެޕްޓޮޕް ވަގަށް ގެންދިޔަ މީހާ ވީޑިއޯ ކެމެރާ އަށް އަރާފައި އެބަހުރި. އެއީ އޮފީހުން ބޭރު މީހެއް. އެ ލެޕްޓޮޕްގައި ނުހުންނާނެ އެއްވެސް ޑާޓާއެއް،" އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އޭސީސީ އިން ލެޕްޓޮޕެއް ވަގަށް ނަގައިގެން މިއަދު 11:00 އެހާކަންހާ އިރު މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި ފުލުހުން އެ މައްސަލަ ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު