ޕީއައިސީގެ މެމްބަރު ކަމަށް ރުކްޝާނާ އައްޔަން ކުރަން ފާސްކޮށްފި

ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ)ގެ މެންބަރު ކަމަށް އައްޔަން ކުރުމަށް ރައީސް ވަހީދުގެ ސަރުކާރުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައިވާ އަލްއުސްތާޒާ އާއިމިނަތު ރުކްޝާނާގެ ނަން މަޖިލީހުން ފާސްކޮށްފި އެވެ.

ޕީއައިސީގެ މެންބަރު ކަމަށް ރުކްޝާނާ އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފައި ވަނީ އޭނާގެ ނަން އަނބުރާ ގެންދަވަން ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ހުށަހަޅުއްވާފައި ވަނިކޮށެވެ. އޭނާގެ ނަން ދިރާސާ ކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފައި އޭނާ ޕީއައިސީގެ މެމްބަރު ކަމަށް އައްޔަން ކުރަން ފެންނަނަ ކަމަށެވެ.

ޕީއައިސީގެ މެމްބަރު ކަމަށް ރުކްޝާނާ އައްޔަން ކުރަން ފާސްވީ 29 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު