ހައިކޯޓް ހިންގެވުން އަބްދުﷲ ހަމީދާ ހަވާލު ކުރައްވައިފި

ހައިކޯޓު ހިންގެވުން ފަނޑިޔާރު އަބްދުﷲ ހަމީދާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަވާލުކުރައްވައިފި އެވެ.

ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އަބޫބަކުރު މުހައްމަދު ވިދާޅުވީ ހައިކޯޓު ހިންގެވުން އަބްދުﷲ ހަމީދާ ހަވާލުކުރައްވާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ހައިކޯޓު ހިންގެވުން އަބްދުﷲ ހަމީދާ ހަވާލުކުރައްވާފައި ވަނީ ހަ މަސް ދުވަހުގެ މުއްދަތަކަށެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް އަލީ ސަސްޕެންޑު ކުރުމާ ގުޅިގެން މިހާތަނަށް އެ ކޯޓު ހިންގަވަމުން ގެންދެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު