ފުނަދޫ ދާއިރާގެ އިންތިހާބު ބާތިލް ކުރަން ހުށަހެޅި މައްސައިގެ ޝަރީއަތްތައް ނިންމާލައިފި

މި މަހުގެ 22 ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލިސް އިންތިހާބުގެ ށ. ފުނަދޫ ދާއިރާގެ ނަތީޖާ ބާތިލްކޮށް އަލުން އިންތިހާބު ބޭއްވުމުގެ އަމަރަކަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.

ފުނަދޫ ދާއިރާގެ އިންތިހާބުގައި ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އައްބާސް މުހައްމަދު ހައިކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމަށްފަހު ގާޒީ ވިދާޅުވީ އިތުރު ކަމެއް ސާފުކަމެއް ނެތް ނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުންކަމަށެވެ.

ޝަރީއަތުގައި އައްބާސްގެ ވަކީލް ޝާހިދު އަބްދުއްސަމަދު ވިދާޅުވެފައިވަނީ ފުނަދޫ ދާއިރާގައި ހިމެނޭ މާއުނގޫދޫގެ ވޯޓު ފޮށި ބަންދުކޮށްފައިވަނީ އެ ދާއިރާގެ ހިމެނޭ ފުނަދޫގެ ބެހެއްޓި ދެ ވޯޓު ފޮއްޓާއި މާއުނގޫދޫއާއި މާލެގައި ބަހައްޓާފައިވާ ވޯޓު ފޮށި ގުނި ފަހުން ކަމަށެވެ.

މާއުނގޫދޫއަށް ޕީޕީއެމްގެ ކެނޑިޑޭޓް އަލީ ސަލީމް ވަޑައިގެން އެ ރަށުގައި ބައެއް ފާރާތްތަކަށް ފައިސާދީ އަދި ކެމްޕެއިން ޕޯސްޓަރުތައް ހަރުކުރުމުގެ ކަންކަން ހިންގާފައިވާ ކަމަށް އައްބާސްގެ ވަކީލް ވިދާޅުވިއެވެ. އެ ތުހުމަތުތައް ސާބިތުކުރުމަށްޓަކައި ހެކިންގެ ގޮތުގައި 14 މީހަކު ވަނީ ހެކީންގެ ގޮތުގައި ހުށަހަޅައިފަ އެވެ. ނަމަވެސް އެ މީހުންގެ ހެކިބަސް ނެގުމާ ބެހޭ ގޮތުން ކޯޓުން ވަކިއެއްޗެއް ނުބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ދާއިރާގެ ހިމެނޭ މާއުނގޫދޫގައި ވޯޓުލާން ފެށި ވަގުތު ފަސްވެފައިވަނީ ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށާއި އެކަން ކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމަށްފަހު ކަމަށެވެ. އަދި އިންތިބާއި ބެހޭ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު އޮތީ ހުށަހެޅިފައި ކަމަށާއި އިންތިހާބު ކުރިއަށް ދިޔަ ވަގުތު ފަސްކުރުމަކީ ނަތީޖާބާތިލް ކުރަން ޖެހޭ ސަބަބެއް ކަމަށް ނުދެކޭ ކަމަށެވެ.

އެ މައްސަލައިގެ ތެރެއަށް ސަލީމް ވަނީ ތަދައްހުލްވެވަޑައިގެންފަ އެވެ. އޭނާގެ ވަކީލު ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ވަނީ ފޮށި ބަންދުކުރި ވަގުތު ލަސްވެގެން ދިއުމުން އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ފުރުސަތު ލިބިގެންދާނީ ހަމަ އެކަނި ސަލީމަށްތޯ ސުވާލު އުފައްދާފަ އެވެ. ހަމަ އެހެންމެ ޖިނާ ކުށެއްގެ މައްސަލަ ކޯޓަށް އަންނަން ޖެހޭނީ ޕީޖީ އޮފީސް މެދުވެރިކޮށްކަން އޭނާ ފާހަގަ ކުރެއްވެވި އެވެ.

ތިން ކެންޑިޑޭޓުން ވާދަކުރި ފޮނަދޫ ދާއިރާގެ އިންތިބު ސަލީމް ކާމިޔާބުކުރެއްވީ ކުޑަ ފަރަގުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު