އަންނަ ޖޫން މަހުގެ ފަސް ވަނަ ދުވަހު ސިންގަޕޫރުގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ކްރިކެޓް ޗެލެންޖްގައި ވާދަކުރާ ގައުމީ ކުރިކެޓް ޓީމުގެ ހެޑް ކޯޗަކަށް ސްރީލަންކާގެ ބްރެންޑަން ކުރުޕް ހަމަޖައްސައިފި އެވެ.
ސަންއާ ވާހަކަ ދައްކަމުން ގައުމީ ކުރިކެޓް ޓީމުގެ މެނޭޖަރު ފަރުހަތު ޖަލީލް މިއަދު ވިދާޅުވީ، މުބާރާތުގެ ކުރިން ސްރީލަންކާގެ ކުރުއްޕު އަންނަ މަހުގެ 15 ވަނަ ދުވަހު މާލެ އައުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި 16 ވަނަ ދުވަހު އޮންނަ ޓީމުގެ ފަރިތަކުރުންތަކުގައި ކޯޗް ކުރުޕް ބައިވެރިވާނެ ކަމަށް ފަރުހަތު ވިދާޅުވިއެވެ.
"މިކޯޗަކީ ލަންކާގެ ޓެސްޓު ކުޅުންތެރިއެއް. ކޯޗް އައުމުން ޓީމުގެ ފަރިތަކުންތައް ފަށާނެ. މިކޯޗަކީ ރަނަގަޅު ފެންވަރެއްގެ ކޯޗެއް. މުބާރާތުގެ ކުރިން ލަންކާއަށް ވެސް ގައުމީ ޓީމް ޕްރެކްޓިސް ދަތުރެއް ކުރުމަށް ވަނީ ހަމަޖެހިފަ. " މެނޭޖަރު ފަރަހަތު ވިދާޅުވިއެވެ.
ފަރަހަތު ވިދާޅުވީ، މުބާރާތުގެ ކުރިން މިހާރުވެސް 22 ކުޅުންތެރިންނާއެކު ޓީމުގެ ސްކޮޑް އެކުލަވާލައި ފަރިތަކުންތައް ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ. އަދި އެކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ ސަރުކާރު އޮފީސްތަކާއި އަމިއްލަ ކުންފުނި ތަކުގައި މަސައްކަތް ކުރާ ކުޅުންތެރިންނަށް ވާތީވެ، މުބާރާތައް އެކުޅުންތެރިން ވީއްލާ ދިނުމަކީ ގައުމީ ކަމަކަށް ވާތީވެ، އެކަން ކޮށްދިނުމަށް މެނޭޖަރު ފަރަހަތު ވަނީ އެކުޅުންތެރިން ވަޒިފާ އަދާކުރާ އޮފީސްތަކުގައި އެދިފައެވެ.
ސްރީލަންކާގެ ކޯޗް ކުރުއްޕުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ގައުމީ ކުރިކެޓް ޓީމް ވަނީ 2010 ވަނަ އަހަރު ތައިލެންޑުގައި އޮތް އޭސީސީ ޓްރޮފީ ޗެލެންޖުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި 2012 ވަނަ އަހަރު ޔޫއޭއީގައި ކުރިއަށްދިޔަ އޭސީސީ ޓްރޮފީ އެލީޓް ކްރިކެޓް މުބާރާތުގައި ވެސް ކުރުޕް ވަނީ ރާއްޖޭގެ ގައުމީ ޓީމަށް ކޯޗް ކަން ކޮށްދީފައެވެ.