ތަކަންދޫން ކޮންމެ ދުވަހަކު ވެސް ކަރަންޓު ކެނޑެނީ

ކޮންމެ ދުވަހަކު ވެސް ހއ. ތަކަންދޫން ވަކި ގަޑިއެއްގައި ކަރަންޓް ކަނޑަމުންގެންދާތާ ދެ މަސްވެފައިވާ ކަމަށް ކައުންސިލް އިދާރާއިން ބުނެފި އެވެ.

ތަކަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގު އިއްޔެ ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ހަވީރު 4:30 އިން 5:30 އަށް ކަރަންޓް ކަނޑަމުން ގެންދާތާ ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި ކުރީ ދުވަހު ކަރަންޓް ދިޔަ ގޮތަށް އިއްޔެ ރޭ ހަތެއް ޖެހިފަހުން ކަރަންޓް ލިބުނީ ބަނދަރު ބައްތިތަކާއި މަގުމަތީ ބައްތިތައް ނުދިއްލާ ގޮތް ހެދުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯދިގު ވިދާޅުވީ އިންޖީނުގެއާ ޔުޓިލިޓީސް އިން 2010 ވަނަ އަހަރު ހަވާލުވި އިރު ހަތަރު އިންޖީނު ހުންނާނެ ކަމަށެވެ. ނަމަވެސް އިންޖީނުތައް ހަލާކުވެ މުޅިރަށަށް މިހާރު ކަރަންޓް ދެމުންގެން ދަނީ އެންމެ އިންޖީނަކުން ކަމަށެވެ. އަދި ކަރަންޓް ކަނޑާލުމަށް ފަހު އަލުން ކަރަންޓް ދޭވަގުތު ބައެއް ގޭގޭގެ އިލެކްޓްރޯނިކް ސާމާނު ހަލާކުވާ ކަމުގެ ޝަކުވާ އަންނަމުންދާ ކަމަށް ވެސް ސޯދިގު ވިދާޅުވި އެވެ.

އެގޮތުން މިމަހުގެ 13 ވަނަ ދުވަހު އެ ރަށުގެ އުތުރު ފަރާތައް ކަރަންޓް ކަނޑާލުމަށް ފަހު ކަރަންޓް ދޫކޮށްލި ވަގުތު މަގުމަތީ ޖަހާފައި ހުރި 10 ބައްތި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ބައެއް ގޭގެ ރެފްޖިރަރޭޓާސްތައް ހަލާކުވެ އިލެކްޓްރޯނިކް ބައެއް އިތުރު ސާމާނުތަކެއް ވެސް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު