އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގައި 10 ސްކޫލަކުން ބައިވެރިވެއްޖެ

ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ 17 ވަނަ އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގައި 10 ސުކޫލަކުން ބައިވެރިވެއްޖެ އެވެ.

ސޯޝަލް އިންޑޯ ކޯޓުގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ވާދަކުރާ ސްކޫލްތައް ބަހާލައިފައި ވަނީ ހަތަރު އުމުރު ފުރައަކައަށެވެ. އެއީ 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށެވެ.

މުބާރާތުގެ 12 އަހަރުން ދަށުގައި ވާދަކުރާ ސްކޫލްތަކަކީ ތާޖުއްދީން ސުކޫލާއި ކަލާފާން ސުކޫލާއި ގިޔާސުއްދީން ސުކޫލާއި ބިލަބޮން އާއި ޖަމާލުއްދީން ސުކޫލާއި އިސްކަންދަރު ސުކޫލާއި މުހިއްޔުއްދީން ސްކޫލެވެ.

މުބާރާތުގެ 14 އަހަރުން ދަށުގެ ބައިގައި ވާދަކުރަނީ އިސްކަންދަރު ސްކޫލާއި ކަލާފާނާއި މުހިއްޔުއްދީން އަދި ޖަމާލުއްދީން ސްކޫލެވެ.

މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގައި ވާދަކުރަނީ ހިރިޔާ، ގިޔާސުއްދީން، ޖަމާލުއްދީން، ލާލޭ، އަމީނިއްޔާ، އަހުމަދިއްޔާ އަދި ގާޒީ ސުކޫލެވެ.

މުބާރާތުގެ 18 އަހަރުން ދަށުގައި ވާދަކުރަނީ އަހުމަދިއްޔާ އަދި ސީއެޗްއެސްއީ އެވެ
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު