ގެއްލިގެން ހޯދާ ސަފާރީގައި ތިބީ ދިވެހިން

ގދ. ކާޑެއްދޫން ފުރައިގެން މާލެ ދަތުރުކުރި ސަފާރީގައި ތިބީ ފަސް ދިވެހިން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ހުސެއިން އަލީ މިއަދު ސަން އަށް ވިދާޅުވީ ގެއްލިގެން ހޯދަމުންދާ ބުލޫ ވޮޔޭޖް ކުރޫސަސްގެ "އަލްދަބަރާން" ސަފާރީގައި ތިބީ ފަސް ދިވެހިން ކަމަށާއި ސަފާރީ ގެއްލިގެން ރިޕޯޓުކުރި އިރު އޭގެން އެއްވެސް ޓޫރިސްޓަކު އެވަގުތު ދަތުރުނުކުރާ ކަމަށެވެ.

އަލްދަބާރަން ސަފާރީގެ ޚަބަރެއްނުވެގެން އެ ސަފާރީ ހޯދުމުގެ މަސައްކަތް ސަފާރީގެ ވެރިފަރާތާއި ގުޅިގެން ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފުން ބުނީ އެ ސަފާރީއަށް އެން މެފަހުން ގުޅިފައި ވަނީ އަންގާރަ ދުވަހުގެ މެންދުރު ފަހު 2:30 އެހާކަންހާ އިރު ކަމަށެވެ. އޭގެ ފަހުން އެ ސަފާރީގެ ހަބަރެއް ނުވާ ކަމަށެވެ.

އަލްދަބަރާން ސަފާރީއަކީ ހުދުކުލައިގެ ދަވާދުލާފައިވާ 28 މީޓަރުގެ ދިގު ސަފާރީއެއް ކަމަށް ސަފާރީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު