ދިވެހިން ފޭސްބުކްގައި ﷲ އަށް ކާޓޫނު ކުރެހުމުން އަދާލަތުން އެކަން ކުށްވެރިކޮށްފި

ދިވެހިންތަކެއް ހިންގާ ކަމަށް ބެލެވޭ ފޭސްބުކް ޕޭޖެއްގައި ﷲ އާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނު ކުރަހާފައި ވާތީ އަދާލަތު ޕާޓީން އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެކަން މިއަދު ކުށްވެރިކޮށްފި އެވެ.

އަދާލަތު ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެއީ ރާއްޖޭގައި ހިނގައިގެންވާނެ ފަދަ ކަމެއް ނޫން ކަމަށެވެ. ކާޓޫނު ކުރެހި ޕޭޖު ބްލޮކްކޮށް އެ މައްސަލަ ތަހުގީގު ކުރުމަށް ވެސް އަދާލަތުން ޕާޓީން ގޮވާލި އެވެ.

"މި ޕޭޖު ބްލޮކް ކުރުމަށާއި މިކަން ތަހުގީގުކޮށް މިކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް އިލްތިމާސް ކުރަން،" އަދާލަތުގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހައި ކަމެއް ކުރުމަށެވެ.

ﷲ އާއި ކީރިތި ރަސޫލާ އަށް ކާޓޫނު ކުރަހާފައި ވަނީ ފޭސްބުކްގައި ކޮން ނަމެއްގަ ހިންގާ ޕޭޖެއްގައި ކަމެއް އަދާލަތުގެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު