ސިއްހީ ދާއިރާގެ ތަރައްގީއަށް ސައުދީ ވަލީ އަހުދު، 1.5 މިލިއަން ޑޮލަރު ދެއްވައިފި

ރާއްޖޭގެ ސިއްހީ ދާއިރާގެ އެކިއެކި މަޝްރޫއުތަކަށް ސައުދީ އަރަބިއްޔާގެ ވަލީ އަހުދު ސަލްމާން ބިން އަބުދުއްލް އަޒީޒު އަލް ސައުދު، 1.5 މިލިޔަން ޑޮލަރުގެ އެހީ ދެއްވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު އައްޝައިހު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓަރު ޝަހީމް، ސައުދީގެ ނިއުސް އެޖެންސީއެއް ކަމަށްވާ ދަ މުސްލިމް ޓައިމްސްއަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ސިއްހީ ދާއިރާ ކުރުމަށް ސައުދީގެ ޕްރިންސް ސަލްމާން ދެއްވާފައިވާ މި އެހީއަކީ ރާއްޖޭގެ އެކިއެކި މަޝްރޫއުތަަކަށް ދެއްވާފައިވާ އެއް މިލިއަން ޑޮލަރުގެ އިތުރުން ދެއްވާފައިވާ އެހީއެއް ކަމަށެވެ.

ސައުދީ ވަލީ އަހުދު ރާއްޖެއަށް ދެއްވާފައިވާ އެހީތަކާއި ރާއްޖޭގައި އެޅުމަށް ހަމަޖެހިފައިވާ މިސްކިތްތައް އެޅުމަށް ކަނޑައަޅާފައިވާ ތަންތަނުގެ ތަފްސީލް ވަރަށް އަަވަހަށް ހާމަކުރައްވާނެ ކަަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ޕްރިންސް ސަލްމާން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، ރާއްޖޭގެ އެކިއެކި މަޝްރޫއުތަކަށް އެހީވެދެއްވުމަށްޓަކައި ވަނީ، އެއް މިލިއަން ޑޮލަރުގެ އެހީއެއް ދެއްވައިފަ އެވެ. އަދި ރާއްޖޭގައި 10 މިސްކިތް އަޅައިދެއްވުމަށް ވެސް ވަނީ ނިންމަވާފަ އެވެ.

އިސްލާމިކް މިނިސްޓަރު ޝަހީމް މިވަގުތު އުޅުއްވަނީ މިއަދާއި މާދަމާ މައްކާގައި އޮންނަ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމާ ބެހޭ ބައިނަލްއަގްވާމީ ބައްދަލުމުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގަ އެވެ.

ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު ރާއްޖެއަށް ވަޑައިގަތުމުން އެމަނިކުފާނާ އެކު އިސްލާމިކް މިނިސްޓަރު ބޭއްވެވި ބައްދަލުވުމުގައި ރާއްޖޭގެ އެންމެހާ ކަންކަމުގައި އެހީތެރިކަން ދެއްވާނެ ކަމަށް ވަލީ އަހުދު ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖެއާ މެދު ވަރަށް ހާއްސަ ނަޒަރަކުން ދެކިވަޑައިގެންނަވާ ކަމަށާއި ރާއްޖެއިން ބޭނުންވި ކޮންމެ ކަމެއްގައި ސައުދީން އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ވަލީ އަހުދު ވަނީ ދެއްވާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު