ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލު ކުރުމަށް ހުށަހެޅި މައްސަލަ ކޯޓަށް ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ބާތިލުކުރުމަށް އެ ދާއިރާގެ މިހާރުގެ މެންބަރު އަލްހާން ފަހުމީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.

އެ މައްސަލަ ސިވިލް ކޯޓުން ބަލައިގެންފައި މިވަނީ ހައިކޯޓަށް އެ މައްސަަލަ ހުށަހެޅުމުން ބޭރުކޮށްލައިފައި ވަނިކޮށެވެ. އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލީ ޕާޓީގެ އެތެރޭގެ އިންތިހާބީ މައްސަލައަކަށް ވާތީ އާއި އެ ކޯޓުން ބެލުމަށް ހަމަޖެހިފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ބާއްވާ އާއްމު އިންތިހާބުތަކާ ބެހޭ މައްސަލަތައް ކަމުގައިވާތީ އެވެ.

ސިވިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ހައިކޯޓުގައި މިއަދު ރަޖިސްޓްރީކޮށްފައިވާ އިރު މައްސަލަ ޝެޑިލްކުރާނެ ތާރީހެއް ކަނޑައަޅުއް ވާނީ ފަނޑިޔާރުން ކަމަށެވެ.

އަލްހާންގެ ފަރާތުން ވަނީ ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލުކޮށް، އެ ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓު ސ. ފޭދޫ، ސިވިލްޒޭޝަން ހައުސް، މުހައްމަދު ނިހާދު ކެންޑިޑެސީ ބާތިލުކޮށްދިނުމަށް އެދިފަ އެވެ. މީގެ އިތުރުން ނިހާދުގެ ކެންޑިޑެސީ ވަގުތީ ގޮތުން ހިފެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ވަގުތީ އަމުރެއް ނެރެ ދިނުމަށް ވެސް ވަނީ އެދިފަ އެވެ.

ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި މާލޭގައި ބެހެއްޓި ފޮއްޓާއި ފޭދޫ ފޮށިން ކުރި ހޯއްދެވީ ނިހާދެވެ. އަލްހާނާ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވައި ނިހާދު ވަނީ 361 ވޯޓް ހޯއްދަވާފަ އެވެ. އަލްހާނަށް ލިބިވަޑައިގެންނެވީ 154 ވޯޓެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު