އަބްދުﷲ ޝާހިދަކީ ޖޭއެސްސީގެ މެންބަރެއް: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ހިމެނޭ، އެ ކޮމިޝަނުގެ މެންބަރެއް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

މަޖިލީހުގެ އިދާރާ އިން މިހެން ބުނެފައި ވަނީ، މަޖިލީހުގެ ރައީސްއަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރެއްކަމާ މެދު ހަބަރު ފަތުރާ ބައެއް ވަސީލަތްތަކުން ސުވާލު އުފައްދަވަމުން ގެންދަވާތީ، އެގަމާގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ނެރުނު ކުރު ބަޔާނެއްގަ އެވެ.

އަބްދުﷲ ޝާހިދު ރައީސްކަން ކުރައްވާ، މަޖީލީހުގެ އިދާރާ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކީ، އެ މަޤާމްގެ ހައިސިއްޔަތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ހިމެނޭ، އެ ކޮމިޝަނުގެ މެންބަރެއް ކަމަށެވެ. އަދި މަޤާމުގެ ހައިސިއްޔަތުން އެ ކޮމިޝަނުގައި ހިމެނޭ މެންބަރަކަށްވީހިނދު، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައި ދެމިހުންނަވާހާ ދުވަހަކު، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމުގައި އެ ބޭފުޅަކު ދެމިހުންނަވާނެކަމާ މެދު ޤާނޫނީ ގޮތުން ސުވާލު އުފައްދާނެ ތަނެއް ނެތް ކަމަށް ވެސް މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ޤާނޫނު އަސާސީގެ 161 ވަނަ މާއްދާގެ (ށ) އަށް ބަލާ އިރު، ވަކި މަޤާމެއްގެ ހައިސިއްޔަތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ހިމެނޭ މީހަކަށް، އެ މަޤާމެއްގައި އޭނާ ދެމިހުރި ހައި ދުވަހަކު، އެ ކޮމިޝަނުގެ މެންބަރުކަމުގައި އޭނާ އަށް ދެމިހުރެވޭކަން ވަރަށް ސާފުކޮށް އެނގެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބިލަތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ އަލުން މެންބަރަކަށް ވުމަށް ކެންޑިޑެސީ ހުށަހެޅުއްވި ހިސާބުން އޭނާއަކީ ޖޭއެސްސީގެ މެންބަރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ދާދިފަހުން ވަނީ ބުނެފަ އެވެ.

ޖޭއެސްސީގެ ގާނޫނުގެ 10 ވަނަ މާއްދާގެ ހަތަރު ވަނަ ނަންބަރުގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތިލައިފި ނަމަ އެ މެންބަރެއްގެ މަގާމު ހުސްވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު