ޔޫތް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އޭދަފުށްޓާއި މާޒިޔާ މިއަދު ހަވީރު

މިހާރު ކުރިއަށްދާ އެލްމޯބައިލް ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އޭދަފުށްޓާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މިއަދު ހަވީރު ބައްދަލު ކުރާނެއެވެ.

ޓާފް އެއްނަންބަރު ދަނޑުގައި މިއަދު ހަވީރު 4:10 ގައި ކުޅޭ މެޗަށް އޭދަފުށި ޓީމް ނިކުންނައިރު، އެޓީމް ސެމީ ފައިނަލަށް ދަތަރު ކުރީ ގްރޫޕް ތިނެއްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އަދި މިއަދުގެ މެޗުގައި އޭދަފުށު ޓީމާ ދެކޮޅަށް ނިކުންނަ މާޒިޔާ ސެމީ ފައިނަލަށް ދަތުރު ކޮށްފައި ވަނީ ގްރޫޕް ދޭއް ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

ސެމީގެ ފުރަތަމަ މެޗްގައި އިއްޔެ ހަވީރު އީގަލްސްއާއި ކެލާނާޅި ބައްދަލުކުރި މެޗުން ކްލަބު އީގަލްސް ވަނީ ފަސޭހަ ކަމާއެކު 0-3 އިން ކާމިޔާބު ކޮށް، މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފަ އެވެ. އިއްޔެގެ ސެމީ ފައިނަލް މެޗުގައި އީގަލަސްއަށް ގޯލްތައް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ އަހުމަދު ރިޒުވާން އާއި މުހައްމަދު މުސްލިހް އަދި އިބްރާހިމް އަންސާރެވެ.

މިމުބާރާތުގެ ފައިނަލުގެ ފަހު ޖާގެ ލިބެނީ ކޮން ޓީމަކަށްކަން އިނގޭނީ މިއަދު ހަވީރު އޭދަފުށްޓާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވާދަކުރާ މެޗުން މޮޅުވާ ބަޔަކަށެވެ.

މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ހަވީރު 4:10 ގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު