މާލެއިން ގެއްލުނު 38 އަހަރުގެ މީހަކު ފުލުހުން ހޯދަނީ

މާލޭގައި އުމުރުން 38 އަހަރުގެ ފިރިހެނަކު ދިޔަ ވަކިތަނެއް ނޭނގި ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުން ބުނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ދިޔަ ވަކިތަނެއް ނޭނގި ގެއްލިގެން ހޯދާ މީހަކީ، މ. ލަވްނެސްޓް، މޫސާ ނަސީމް ކަމަށެވެ. އަދި އޭނާ ގެއްލިފައިވާ ކަމުގެ މައުލޫމާތު އެ އާއިލާއިން ފުލުހުންނަށް އަންގާފައިވަނީ، ބުރާސްފަތި ދުވަހުގެ ހަވީރު 6:30 ހާއިރު ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.

މޫސާ ނަސީމުގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނީ، އޭނާއަކީ ލޮލުގެ ކުލަ ކަޅު، އާދައިގެ ވަރަކަށް ދިގު ކަޅު އިސްތަށިގަނޑެއް އޮންނަ، ހަށިގަނޑު އާދައިގެ ވަރަކަށް ހިކި، ހަމުގެ ކުލަ އަލި މީހެއްކަމަށެވެ.

ފުލުހުން ބުނީ، މޫސާ ނަސީމާބެހޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ އެ މައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސާވިސްއާއި ހިއްސާކުރުމަށް އެދޭ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު