މާޗު މަހުން ފެށިގެން އެއާ އޭޝިޔާގެ ދަތުރުތައް ރާއްޖެ އަށް ހުއްޓާލަނީ

އެއާ އޭޝިޔާ އިން އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ދަތުރުތައް އަންނަ މާޗު މަހުގެ އެއް ވަނަ ދުވަހުގެ ފެށިގެން ހުއްޓާލާނެ ކަމަށް އެއާލައިނުން ބުނެފި އެވެ.

އެއާ އޭޝިއާ ގްރޫޕްގެ އަގު ހެޔޮ ދިގު ދަތުރުތައް ކުރާ އެއާލައިން ކަމަށް އެއާ އޭޝިއާ އެކްސް އިން ބުނީ މާލެއިން ކުރާ ދަތުރުތައް ހުއްޓާލަން ނިންމީ ފްލައިޓްތަކަށް އެކަށީގެންވާ ތަރުހީބެއް ނުލިބޭތީވެ، އެއެއާލައިންގެ ބޯޑެތި މާކެޓްތަކުގައި ކުރާ މަސައްކަތް ފުޅާކުރުމުގެ ގޮތުން ކަމަށެވެ.

މިގޮތުން އެއާ އޭޝިޔާ އެކްސްގެ ބޮޑެތި މާކެޓްތައް ކަމަށްވާ އޮސްޓްރޭލިޔާ، ޗައިނާ، ޖަޕާން، ޓައިވާން ސައުތު ކޮރެއާ، ނޭޕާލް އަދި ސްރީ ލަންކާގައި ކުރާ މަސައްކަތްތައް ފުޅާކުރާނެ ކަމަށް އެއެއާލައިނުން ބުނެ އެވެ. މިގޮތުން ސްރީ ލަންކާ އިން ކުރާ ދަތުރުތައް އިތުރުކުރާނެ ކަމަށް އެއާ އޭޝިޔާ އިން ބުނެ އެވެ.

އެއާ އޭޝިޔާ އިން ބުނީ މިމަހުގެ އެކެއްގެ ފަހުން އެއެއާލައިނުން މާލެ އިން ކުރާ ދަތުރުތަކަށް ނަގާފައިވާ ޓިކެޓްތައް ރީފަންޑުކޮށްދޭނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު