މާމިގިލީ ދާއިރާގެ އެމްޑީޕީ ޓިކެޓް ހަމްދާނަށް ލިބިއްޖެ

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ ޓިކެޓް ޕްރައިމަރީއަކާ ނުލާ އދ.މާމިގިލީ ކަރަންކާވިލާ، މުހައްމަދު ހަމްދާނަށް ލިބިވަޑައިގެންފި އެވެ.

އެމްޑީޕީން ބުނީ އެ ދާއިރާގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލުމުން އެ ދާއިރާގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެދި ހުށަހަޅުއްވާފައިވަނީ އެންމެ ކެންޑިޑޭޓެއް ކަމަށެވެ. އެހެން ކަމުން އެފަރާތަށް ޕްރައިމަރީއަކާ ނުލާ ޕާޓީގެ ޓިކެޓް ލިބިފައިވާ ކަމަށެވެ.

މުހައްމަދު ހަމްދާންނަކީ ކުރިން ވެސް އެ ދާއިރާގެ ޕްރައިމަރީ ވާދަކުރައްވާފައިވާ ކެންޑިޑޭޓެކެވެ. އެފަހަރުގެ އިންތިހާބްގައި ވާދަކުރެއްވި މަހުމޫދު އިދުރީސްއަށް 37 ވޯޓް ލިބިވަޑައިގެންނެވިއިރު މުހައްމަދު ހަމްދާނަށް ލިބިވަޑައިގަތީ 34 ވޯޓެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު